Advertisement

ބާ ކައުންސިލުގެ ރައީސްގެ މަގާމަށް ވަކީލު ސިރާޖު އިންތިހާބުވެއްޖެ

17 މާރިޗު 2024 - 20:39 0

ސިރާޖް: އޭނާ އެ މަގާމަށް އިންތިހާބުވީ ވަކީލު މުހައްމަދު ފައިސަލްއާ ވާދަކޮށްގެން -- ފޮޓޯ: އާބިޓްރޭޝަން ސެންޓަރު


ބާ ކައުންސިލުގެ ރައީސްގެ މަގާމަށް ވަކީލު ސިރާޖު އިންތިހާބުވެއްޖެ

17 މާރިޗު 2024 - 20:39 0

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސްގެ މަގާމަށް ވަކީލު ހުސެއިން ސިރާޖު އިންތިހާބުވެއްޖެ އެވެ.

ބާ ކައުންސިލުގެ ރައީސްގެ މަގާމަށް ސިރާޖު އިންތިހާބުވީ، ވަކީލު މުހައްމަދު ފައިސަލްއާ ވާދަ ކުރައްވާ 224 ވޯޓު ހޯދައިގެންނެވެ. ފައިސަލްއަށް ލިބުނީ 172 ވޯޓެވެ. އެ އިންތިހާބުގައި ވޯޓުލާން 991 މީހުން ރަޖިސްޓްރީ ކުރި ނަމަވެސް ވޯޓުލީ އެންމެ 396 މީހުންނެވެ.

ސިރާޖަކީ މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ ވައިސް ޗެއާމަނެވެ. ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ވެސް އަދާކޮށްފައިވެ އެވެ. އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން 2014 ވަނަ އަހަރު އެކުލަވާލި ކޮމިޓީގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ބާ ކައުންސިލުގެ ރައީސްއެއް އިންތިހާބު ކުރަންޖެހުނީ ޖެނުއަރީ 31، ގައި އެ ކައުންސިލުގެ ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް ކުއްލި ގޮތަކަށް އަވަހާރަވުމުންނެވެ. އޭނާގެ ހަނދާނުގައި "އިސްމާއިލް ވިޝާމް އަޕް-އެންޑް-ކަމިން ލޯޔާ" ގެ އެވޯޑެއް އެ ކައުންސިލުން ވަނީ ތައާރަފުކޮށްފަ އެވެ.