Advertisement

ޔާމީނަށް ދީފައިވާ ލުއި މުރާޖައާކުރުކުގެ މަސައްކަތް ކުރިއަށް އެބަދޭ: ކަރެކްޝަންސް

14 މާރިޗު 2024 - 14:37 1

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އެމަނިކުފާނަށް އިއްވާފައިވާ 1 އަހަރުގެ ޖަލު ހުކުމެއް އެބަ އޮތް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޔާމީނަށް ދީފައިވާ ލުއި މުރާޖައާކުރުކުގެ މަސައްކަތް ކުރިއަށް އެބަދޭ: ކަރެކްޝަންސް

14 މާރިޗު 2024 - 14:37 1

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ބަންދަށް ލުއި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް) އާއެކު އެކުލަވާލި އިގުރާރާ ތަކުރާރުކޮށް ހިލާފުވެވަޑައިގެންފައި ވާތީ އެމަނިކުފާނަށް ދީފައިވާ ލުއި މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެ ސާިވސް އިން މިއަދު ބުނެފި އެވެ.

ޔާމީނު ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ ފިޔަވަޅެއް އަޅާނެތޯ "އަދަދު" ން ސުވާލުކުރުމުން ކަރެކްޝަނަލް ސާވިސް އިން މިއަދު ފުރަތަމަ ބުނީ އެ މައްސަލަ ދަނީ ބަަލަމުން ކަމަށާއި އިތުރު ކޮމެންޓެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެ ކޮމެންޓާ އެކު ޚަބަރު ޝާއިކުރި ފަހުން އެ ސާވިސް އިން ބުނީ ޔާމީނަށް "ދީފައިވާ ލުއި މުރާޖަމާއަކުރުމުގެ މަސައްކަތް ކުރިއަށްދާ " ކަމަށެވެ.

އިންތިހާބަށްފަހު ގެއަށް ބަދަލުކުރި ފަހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރިހަމަ ލުއި މިހާތަނަށް ޔާމީނަށް ދީފައި ނުވެ އެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ވެސް ދެއްކެވި އެވެ. އެކަމާ ގުޅިގެން ޔާމީނަށް ކަރެކްޝަނުން އިންޒާރު ވެސް ދިނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމްއާ ފެއަށް ޖެހިވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ. އެ ޕާޓީގެ އޮފީހުގައި ބާއްވާ ސިޔާސީ ޖަލްސާތަކުގައި ޔާމީން ގެންދެވީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޕޯޑިއަމްގައި ވާހަކަ ނުދެއްކެވި ނަމަވެސް އެމަނިކުފާނުގެ ހިޔާލުތަކާއި ޝުއޫރުތަކާއި ދެކެވަޑައިގަންނަވާ ގޮތް އޯޑިއަންސްގައި އިންނަވައި ގެންދެވީ ފާޅުކުރައްވަމުންނެވެ.

ބަންދަށް ލުއި ދިނުމަށް އެކުލަވާލި އިގުރާރުގެ ދަށުން ޔާމީންއަށް ހުއްދަ ދީފައި ވަނީ ޑޮކްޓަރީ ފަރުވާގެ އެކިއެކި ބޭނުންތަކަށާއި ކަސްރަތު ކުރުމުގެ އެކިއެކި ބޭނުންތަކުގެ އިތުރުން މުހިންމު އެކި ބޭނުންތަކަށް ގުރޭޓާ މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށް ވެސް ކަރެކްޝަންސްއަށް އެންގުމަށްފަހު ދިއުމަށެވެ. އަދި މުހިންމު ކަންކަމުގައި ބައްދަލު ކުރަން ބޭނުންވާ މީހުންނާއި ކަރެކްޝަންސްއަށް އެންގުމަކާ ނުލައި ބައްދަލު ކުރުމުގެ ހުއްދަ ދީފައިވެ އެވެ.

ނަމަވެސް, އެ އިގުރާރުގައި ވެސް ފާހަގަކޮށްފައި ވާގޮތަށް ގާނޫނު އަސާސީގައި ގައިދީން ކުރުން މަނާކަމެއް ކުރުން ޔާމީނަކަށް ހުއްދައެއް ނުވާނެ އެވެ. އެހެންކަމުން ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ހުންނެވިއެއް ކަމަކު ސިޔާސީ ހަރަކާތްތަކުގައި ހަރަކާތްތެރިވުމަކީ ގާނޫނީ ކުށެކެވެ.