about 2 hours 0
ލީވާން އަލީ ނާސިރު
about 2 hours 0
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިދިޔަ ހޯމަ ދުވަހު މަރުވި ދެ މީހުންގެ ވެސް އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ޖަލުގައި މަރުވި ސ. ހިތަދޫ، ހަސަން ނިޔާޒު، 45، އާއި އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް މަރުވި ކ. މާލެ، މާލެ، އިބްރާހީމް ސުހައިލް، 53، ގެ އޮޓޮޕްސީއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
"މި ދެ މައްސަލައިގެ ތަހުގީގުން ވަނީ، ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައި. އޮޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
މަރުވި ދެ ގައިދީންގެ އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ހަމަޖެހިފައިވަނީ ކޮން ދުވަހަކު ކަމެއް މިހާތަނަށް އެނގިފައި ނުވާއިރު، މި ނޫހަށް އެނގިފައިވާ ގޮތުގައި މަރުވި ދެ ގައިދީންގެ އާއިލާއިން އޮޓޮޕްސީ ހެދުމާ ދެކޮޅެވެ.
މި ސަރުކާރުން ވަނީ ޖަލުގައި މަރުވާ މީހުންގެ އޮޓޮޕްސީއެއް ހަދަން މަޖުބޫރުކޮށް އުސޫލެއް ހަދާފަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ހަސަން ނިޔާޒު ހުޅުމާލެ ޖަލުގައި މަރުވީ ހުކުމް ތަންފީޒުކުރަން ފެށިތާ ހަފްތާއެއް ނުވަނީސް އެވެ. އެނާ ގޮޅީގެ ފާހާނާ ތެރޭގައި މަރުވެފައި އޮއްވާ ފެނުނުއިރު، އާއިލާއަށް ހަށިގަނޑު ދެއްކިއިރު ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ފެންނަން ހުއްޓެވެ.
މީގެއިތުރުން އައިޖީއެމްއެޗްގައި މަރުވި އިބްރާހީމް ސުހައިލް މަރުވީ ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ދަނިކޮށް، ހާލު ދެރަވެގެން ކަމަށް މައުލޫމަތު ލިބިފައިވެ އެވެ.
Comment