Advertisement

ވާގޮތް: ނިޔަފަތްޗާއި ގުޅުންހުރި ޝައުގުވެރި 7 ކަމެއް

13 މާރިޗު 2024 - 09:05 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ނިޔަފަތްޗާއި ގުޅުންހުރި ޝައުގުވެރި 7 ކަމެއް

13 މާރިޗު 2024 - 09:05 0

ދުވަހަކުވެސް އިނގިލީގެ ނިޔަފަތިތަކާ މެދު ވިސްނާލިންތަ؟ އެއީ ހަށިގަނޑު ކުޑަކުޑަ ބައެއް ކަމުގައި ހީވި ނަމަވެސް، އެވެސް އަޖައިބު ކުރުވަނިވި އެއްޗެހިތަކެކެވެ. އިންސާނިއްޔަތަށް ޒަމާނުއްސުރެ މުހިންމު ބައެކެވެ. މިއަދު މި ހިއްސާކޮށްލަނީ އިނގިލީގެ ނިޔަފަތިތަކާ ބެހޭ ގޮތުން ޝައުގުވެރި 7 ހަގީގަތެކެވެ.

1. ކެރެޓިންގެ ތިމާގެކަން

އަހަރެމެންގެ ނިޔަފަތިތަކުގައި ހީވެސް ނުކުރާހާ ގާތްތިމާގެ އެއްޗެއްވެ އެވެ. އެއީ އިސްތަށްޓެވެ. މި ދެބައިގަ ވެސް ގިނައިން އެކުލެވިގެންވަނީ ޖަނަވާރުންގެ ދަޅާއި ވަކިތަކުގައި ވެސް ހުންނަ ޕްރޮޓީންއެއް ކަމަށްވާ ކެރެޓިން އެވެ. ކުރުކޮށް ބުނާނަމަ އެއީ މަރުވެ ހަރުވެފައިވާ ސެލް ސްޓްރަކްޗާތަކެކެވެ. މި ބައިތައް ހަށިގަނޑުން ވަކިކޮށްލުމުން ތަދު އިހްސާސްނުކުރެވެނީ މި ސަބަބަށްޓަކަ އެވެ.

2. އަވަސް ހެދިބޮޑުވުމެއް

އިނގިލީގެ ނިޔަފަތިތަކަކީ އަވަހަށް ދިގުވާ އެއްޗެކެވެ. އެވްރެޖްކޮށް މަހަކު 3.5 މިލިމީޓަރު ދިގުވެ އެވެ. މީގެ އިތުރުން އެންމެ އަވަހަށް ދިގުވާ ނިޔަފަތްޗަކީ މެދު އިނގިލީގެ ނިޔަފަތްޗެވެ. މި ރޭހުގެ ދެވަނައަށް އަންނަނީ ޝަހާދަތް އިނގިއްޔެވެ.

3. މޫސުމާއެކި އަންނަ ބަދަލުތައް

އެކި މޫސުންތަކަށް ލާ ހެދުން ބަދަލުކުރާ ފަދައިން، ނިޔަފަތި ވެސް މޫސުމަށް ހޭނުމަށް ބަދަލުވެ އެވެ. ހޫނު މޫސުމުގެ މަސްތަކުގައި ފިނި މޫސުމާ އަޅާބަލާއިރު ބޮޑުވުން އިތުރުވެ އެވެ. މިހެން ދިމާވަނީ ހޫނު މޫސުމުގައި ލޭދައުރުވުން ރަނގަޅުވެ، ވިޓަމިން ޑީ އުފެއްދުން އިތުރުވުމުން ކަމަށް ބެލެވެ އެވެ.

4. ކާނާގެ ނުފޫޒު

"ތިބާއަކީ ކާ ތިބާ އެއްޗެއްސޭ" ބުނެ އެވެ. މިކަމަށް ނިޔަފަތިތައް ވެސް ހެކިދެ އެވެ. ބަޔޮޓިން އާއި އެހެނިހެން މުހިންމު ވިޓަމިންތަކާއި މިނަރަލްސް އިން މުއްސަނދި ބެލެންސްޑް ޑައިޓަކީ ވަރުގަދަ، ދުޅަހެޔޮ ނިޔަފަތިކަކަށް މަގުފަހިކޮށް ދޭނެ އެއްޗެކެވެ. އެހެންކަމުން، މިފަދަ މޭވާތަކާއި ތަރުކާރީތައް ކެއުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.

5. ސިއްހަތާއި ގުޅޭ ނިޝާންތައް

ނިޔަފަތިތަކަކީ ކެހުންތަކުން މިންޖުކުރުވުގެ އިތުރުން ތިބާގެ ސިއްހީ ބައެއް ކަންކަމުގެ މައުލޫމާތު ވެސް އަންގައިދޭ އެއްޗެކެވެ. ރޫތަކާއި ހުދު ތިކިތަކާއި ނުވަތަ ނިޔަފަތީގެ ކުލަ ބަދަލުވުން ފަދަ ކަންކަމުން ސިއްހީ ބައެއް މައްސަލަތައް ހާމަވެދާނެއެވެ. އޭގެތެރޭގައި ވަކި ނިއުޓްރިޝަންތަކެއް މަދުވުން ފަދަ ކަންކަން އަންގައިދެ އެވެ.

6. ސްޓްރެސް އިން ވެސް އަސަރުކުރޭ

މާބޮޑަށް ސްޓްރެސްވޭތަ؟ އިނގިލީގެ ނިޔަފަތިތަކުން މިކަންވެސް ފެނިދާނެ އެވެ. ސްޓްރެސްގެ ސަބަބުން ނިޔަފަތި ބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ. އަދި ނިޔަފަތި ފަޅައިގެން ދިއުމަށް ފަސޭހަވެ އެވެ. ސްޓްރެސް މެނޭޖްމަންޓް ޓެކްނިކްސް ޕްރެކްޓިސް ކުރުމަކީ ނިޔަފަތިތައް ދުޅަހެޔޮކޮށް ވަރުގަދަކޮށް ބެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

7. ދަ ލޫނިއުލާ

ނިޔަފަތި ފެށޭ ހިސާބުގައި ހަނދު ފަޅިއެއްގެ ބައްޓަމަށް ހުދުކުލައިން ފެންނަން އިންނަ ބަޔަކީ ހަމައެކަނި ރީތި ޑިޒައިނެއް ނޫނެވެ. އިނގެރޭސިބަހުން "ލޫނިއުލާ" ގެ ނަން ދެވިފައި މިތަނުން ފެނިގެންދަނީ ނިޔަފަތީގެ މުލެވެ. ނިޔަފަތީގެ އާ ސެލްތައް އުފެދެނީ މި ސަރަހައްދުގަ އެވެ.