Advertisement

ބޮއިންގްގެ ވިސިލްބްލޯވާ މަރުވެފައި އޮއްވާ ފެނިއްޖެ

13 މާރިޗު 2024 - 07:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަރުވެފައި އޮއްވާ ފެނުނު ބޮއިންގްގެ ވިސިލްބްލޯވާ ޖޯން ބާނެޓް -- ފޮޓޯ: އެކްސް


ބޮއިންގްގެ ވިސިލްބްލޯވާ މަރުވެފައި އޮއްވާ ފެނިއްޖެ

13 މާރިޗު 2024 - 07:47 0

އެމެރިކާގައި މަތިންދާ ވޯޓު އުފައްދާ މައި ކުންފުނި, ބޮއިންގްގެ ވިސިލްބްލޯވާ ޖޯން ބާނެޓް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ބޮއިންގްގައި 32 އަހަރުވަންދެން މަސައްކަތްކުރި ބާނެޓް މަރުވެފައި ވަނީ ކުންފުނީގެ އުފެއްދުންތަކާ ގުޅޭ ގޮތުން ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ.

އުމުރުން 62 އަހަރުގެ ބާނެޓް މަރުވީ އެމެރިކާގެ ސައުތު ކެރޮލީނާގައި ބަޑިން އަމިއްލައަށް ހަމަލާދީގެން ކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، މިކަން އެމެރިކާގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ބާނެޓްގެ މަރާ ގުޅޭ ގޮތުން އޭނާގެ ވަކީލު މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ.

ބާނެޓްގެ މަރާ ގުޅޭގޮތުން ބޮއިންގްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަމަށް އެދޭ ކަމަށެވެ.

ބޮއިންގްއާ ގުޅޭ ގޮތުން ބާނެޓް ވާހަކަ ދައްކާފައި ވަނީ ޖެނުއަރީ 5، ގައި ބޮއިންގް ފްލައިޓަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން އޭނާ ވަނީ ބޮއިންގް އުފެއްދުމުގައި އިހުމާލުތަކެއްވާ ކަމަށް ބުނެފަ އެވެ.

ބޮއިންގް އުފެއްދުމުގައި މައްސަލަތަކެއް ދިމާވާ ކަމަށް ބުނެ ދާދި ފަހުން ބޮއިންގްގެ ފަރާތުން ބަދަލު ހޯދަން ފަސިންޖަރުންތަކެއް ވަނީ ދައުވާވެސް ކޮށްފަ އެވެ. އެއީ އެއާލައިންސްގެ ބޮއިންގް 737 މަރުކާގެ ފްލައިޓުން އެ ފަސިންޖަރުން ދަތުރު ކުރަނިކޮށް ދޮރެއް ވިއްސައިގެން، އެމަޖެންސީ ލޭންޑިންއެއް ކުރަން ޖެހުމާ ގުޅިގެންނެވެ.