Advertisement

އެފްބީއައިއިން ބަލްޓިމޯ ބްރިޖު ވެއްޓުމާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަން ފަށައިފި

16 އޭޕްރީލް 2024 - 10:47 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބަލްޓިމޯ ބްރިޖާ ވެއްޓުން: އެފްބީއައިއިން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި -- ފޮޓޯ: ގެޓީ


އެފްބީއައިއިން ބަލްޓިމޯ ބްރިޖު ވެއްޓުމާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަން ފަށައިފި

16 އޭޕްރީލް 2024 - 10:47 0

އެމެރިކާގެ ބަލްޓިމޯގެ ކީ ބްރިޖު ވެއްޓުމާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ފަށައިފި އެވެ.

ބަލްޓިމޯ ބްރިޖު ވެއްޓުނީ މާޗު 26, ގައި މުދާ ބަރުކޮށްގެންދިޔަ އާގު ބޯޓަކުން ޖެހިގެންނެވެ. އެމެރިކާގެ ނޫސްތަކުން ބުނީ އެފްބީއައިއިން މި މައްސަލަ ތަހުގީގު ކުރަން ފަށާފައި ވަނީ ހާދިސާއާ ގުޅިގެން ޝައްކު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ.

އެގޮތުން ހާދިސާ ހިނގަން މެދުވެރި ސަބަބު ދެނެގަނެ، ގާނޫނާއި ގަވައިދަށް އަމަލު ކޮށްފައިވާތޯ މި ތަހުގީގުގައި ބަލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އާގު ބޯޓު ބްރިޖުގައި ޖެހިފައި ވަނީ އިންޖީނު ނިވި ކޮންޓްރޯލް ގެއްލުމުން ކަމަށާއި، އެވަގުތު ބޯޓުގައި ތިބި 8 މީހުން މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ކަމަށެވެ.

ބަލްޓިމޯއިން ބުނީ ތަހުގީގު ކުރުމަށްފަހު، ފިޔަވަޅު އަޅަން ޖެހޭ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ހާދިސާގައި ބްރިޖުން ކޯރަށް ވެއްޓުނު ހަ މީހަކު މަރުވެފައިވާއިރު، އޭގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ. އަދި ވެއްޓުނު ދެ މީހުން ވަނީ ސަލާމަތް ކޮށްފަ އެވެ.