Advertisement

ނިއުޔޯކަށް 4.8 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

6 އޭޕްރީލް 2024 - 08:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ނިއުޔޯކް -- ފޮޓޯ: ގެޓީ


ނިއުޔޯކަށް 4.8 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

6 އޭޕްރީލް 2024 - 08:15 0

އެމެރިކާގެ ނިއުޔޯކަށް 4.8 މެގްނިޓިއުޑް ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނީ މި ބިންހެލުން އައިސްފައި ވަނީ ނިއުޔޯކުގެ ހުޅަނގުން 45 މޭލު ދުރަށް ކަމަށާއި، ބިންހެލުމުގެ އިހުސާސް ގިނަ ބަޔަކަށް ކުރެވުނު ކަމަށެވެ.

ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއްވީ ކަމުގެ ރިޕޯޓު ލިބިފައި ނުވި ނަމަވެސް، އިމާރާތްތަކަށް ލިބުނު ބައެއް ގެއްލުންތަކާ ގުޅޭ ރިޕޯޓް ލިބިފައިވާ ކަމަށް ނިއުޔޯކް ސިޓީ ފަޔާ ޑިޕާޓްމަންޓުން ބުނެ އެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ކަމާ ބެހޭ ފަރާތްތަކުން ފަށާފައިވާއިރު، މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ނިއުޔޯކަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

ނިއުުޔޯކަށް އެންމެ ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 1884 ވަނަ އަހަރު އެވެ. އެއީ 5.8 މެގްނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމެކެވެ.