12 މާރިޗު 2024 - 20:12 0
އަހުމަދު އާއިދު
މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން : އެ ކޮމިޓީން ދެން ބާއްވާ ބައްދަލުވުމަށް އެލްޖީއޭ ހާޒިރުކުރާނެ - ފޮޓޯ: މަޖިލިސް އިދާރާ
12 މާރިޗު 2024 - 20:12 0
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫ ކައުންސިލްތަކުން ނެރުނު ބަޔާން ބާތިލް ކުރުމަށް ލޯކަލް ގަވަމެންޓު އޮތޯރިޓޯ (އެލްޖީއޭ) އިން އެންގި މައްސަލާގައި އެ އޮތޯރިޓީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކުރަން އެކޮމިޓީން މިއަދު ނިންމައިފި އެވެ.
މަޖިލީހުުގެ ލާމަރުކަޒީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކުރީ އެލްޖީއޭގެ މި މައްސަލަ އިތުރަށް ބެލުމަށް ދެން ބާއްވާ ބައްދަލުވުމަކަށް އެ އިދާރާ ހާޒިރުކުރުމަށެވެ. އެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަހުމަދު އީސާ އެވެ.
ރައީސްގެ ދަތުރެއްގެ ތެރެއިން ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ބާތިލްކުރަން އެލްޖީއޭއިން އެންގި އިރު ހަމަ އެ ދަތުރުގެ ތެރެއިން އެ އަތޮޅު ވެލިދޫއިން ރައީސާ ބައްދަލުކުރަން ދަތުރު ނުކުރި ސަބަބު ހޯދަންވެސް އެލްޖީއޭއިން ވަނީ ސުވާލުކޮށްފަ އެވެ.
މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކައުންސިލްތަކަށް އެފަދަ އިންޒާރު ދިނުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ދ. މީދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލުތަކަށް ހުރަސްއަޅައި, ދަތި ކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށާއި, އެފަދަ ކަމެއް ސަރުކާރުގެ ފަރާތުން އެއްވެސް ކައުންސިލަކަށް ކުރިމަތި ނުކުރާނެ ކަމަށެވެ.
ނަމަވެސް އަލީ ނިޔާޒު ވަނީ އެލްޖީއޭ އިން ފޮނުވި އިންޒާރުގެ ސިޓީތައް ޑްރާފްޓްކުރީ ރައީސް އޮފީހުން އަންގައިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށާއި އެ މައްސަލަވެސް މަޖިލީހުން ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސްގެ ދަތުރެއްގެ ތެރެއިން ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ބާތިލްކުރަން އަންގައި، އެ އަތޮޅު ވެލިދޫއިން ރައީސާ ބައްދަލުކުރަން ދަތުރު ނުކުރި ސަބަބު ހޯދަންވެސް އެލްޖީއޭއިން ވަނީ ސުވާލުކޮށްފަ އެވެ.
ވެލިދޫ ކައުންސިލުން ރައީސާ ބައްދަލުކުރަން ދެކޮޅު ހެދީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ނަމަވެސް ރައީސް އެ ރަށަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކުރުމަށްފަހު، އެމަނިކުފާނާ ބައްދަލުކުރަން އެ އަތޮޅު ހޮޅުދޫއަށް ދާން އެންގުމުންނެވެ.
ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ ރައީސް މުއިއްޒުގެ ކެނދިކުޅުދޫއަށް ވަޑައިގެން ކައުންސިލުގެ ރުހުމެއް ނެތި، ކައުންސިލުން އިންތިޒާމު ކުރި ހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދެއްކެވި ކަމަށް ކައުންސިލުގެ ބަޔާނުގައި ތުހުމަތުކޮށެވެ.
Comment