Advertisement

ޔޫރޯ މާކެޓިން ބޮންޑަށް އިންވެސްޓުކުރި މީހުންނަށް 7.4 މިލިއަން ރުފިޔާ ބަހައިފި

13 މާރިޗު 2024 - 14:03 0

ޔޫރޯ މާކެޓިންގެ ޔޫރޯ ސްޓްރޯ ފިހާރަ: ބޮންޑުން ލިބުނު ފައިސާ ހަރަދުކުރަނީ ހުޅުމާލޭގައި އިމާރާތްކުރާ ސްޓޯރޭޖް ވެއާހައުސްއަކަށް -- އަދަދު ފައިލް ފޮޓޯ


ޔޫރޯ މާކެޓިން ބޮންޑަށް އިންވެސްޓުކުރި މީހުންނަށް 7.4 މިލިއަން ރުފިޔާ ބަހައިފި

13 މާރިޗު 2024 - 14:03 0

އަމިއްލަ ކުންފުންޏަކުން ރާއްޖޭގެ ކެޕިޓަލް މާކެޓުގައި ވިއްކި ފުރަތަމަ ބޮންޑު ކަމުގައިވާ ޔޫރޯ މާކެޓިން ޕްރައިވެޓް ލިމިޓެޑުގެ ބޮންޑުގެ ފުރަތަމަ ކޫޕަން ޕޭމަންޓުގެ ގޮތުގައި 7.46 މިލިއަން ރުފިޔާ ބޮންޑުހޯލްޑަރުންގެ މެދުގައި ބަހައިފި އެވެ.

މިކަން ހާމަކުރަމުން، މި ބޮންޑު ވިއްކުމުގައި ލީޑް އެރޭންޖާގެ ދައުރު އަދާކުރި ފަަސްޓް ނޭޝަނަލްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޔޫރޯ މާކެޓިންގެ ބޮންޑަށް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

އިމްޕޯޓު މުދާ ހޯލްސޭލް ކުރުމާއި ރީޓެއިލް ކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ޔޫރޯ މާކެޓިންއިން ވިއްކި މި 25 މިލިއަން ރުފިޔާ ބޮންޑު ވިއްކައިގެން ހޯދި ފައިސާ ހަރަދުކުރަނީ ހުޅުމާލޭގައި އިމާރާތްކުރާ ސްޓޯރޭޖް ވެއާހައުސްއަކަށެވެ.

މި ބޮންޑަކީ އިންވެސްޓު ކުރި ފައިސާ އާއި ފައިދާ އަހަރަކު އެއް ފަހަރު ލިބޭ ގޮތަށް ބަހާލާފައިވާ ހަތަރު އަހަރުގެ "ކޮންވެންޝަނަލް އެމޯޓައިޒްޑް ބޮންޑް" އެކެވެ. ބޮންޑު އިޝޫކުރި ޑިސެމްބަރު 29، 2022 ގަ އެވެ. މިއީ ކެޕިޓަލް މާކެޓް ޑިވެލޮޕަމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށް ވިއްކި އަމިއްލަ ވިޔަފާރިއެއްގެ ފުރަތަމަ ބޮންޑު ވެސް މެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ފަސްޓް ނޭޝަނަލްއިން ވަނީ އައިކެއާ ޕްރައިވެޓު ލިމިޓެޑުގެ ޝަރީއާ އުސޫލުތަކަށް ފެތޭ ސުކޫކެއް ވެސް ލިސްޓުކޮށްފަ އެވެ.