Advertisement

އިންޑޮނީޝިއާގައި ފެންބޮޑުވެ 19 މީހުން މަރުވެ، ހަތް މީހުން ގެއްލިއްޖެ

11 މާރިޗު 2024 - 07:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑޮނޭޝިއާގެ ސުމަތުރާގައި ފެންބޮޑުވެ 19 މީހުން މަރުުވުން -- ފޮޓޯ: ރޮއިޓާސް


އިންޑޮނީޝިއާގައި ފެންބޮޑުވެ 19 މީހުން މަރުވެ، ހަތް މީހުން ގެއްލިއްޖެ

11 މާރިޗު 2024 - 07:31 0

އިންޑޮނީޝިއާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި 19 މީހަކު މަރުވެއްޖެ އެވެ.

އިންޑޮނީޝިއާގެ ޑިޒާސްޓާ މެނޭޖުމަންޓުން ބުނީ ސުމަތުރާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާގައި ހަތް މީހަކު ގެއްލިފައިވާ ކަމަށާއި، މިހާތަނަށް 80،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އިންޑޮނީޝިއާއަށް ބޯކޮށް ވާރޭވެހި ހިނގި މި ހާދިސާއާ ގުޅިގެން ގިނަ ގެތަކުގެ އިތުރުން އެތައް ބައެއްގެ މުދަލަށް ގެއްލުންވެފައި ވާއިރު، އެ ގައުމުގެ ސަރުކާރުން އަންނަނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މަގުތައް ހަލާކުވުމުން ބޮޑެތި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

އިންޑޮނީޝިއާގައި ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުވެސް ވަނީ މިފަދަ ހާދިސާއެއްގައި ދެ މީހަކު މަރުވެފަ އެވެ.