Advertisement

ހާލަންޑްގެ ޖޯކެއް: "މިއީ މެސީ ރިޓަޔާކުރަންވީ ވަގުުތު"

8 މާރިޗު 2024 - 18:20 0


ހާލަންޑްގެ ޖޯކެއް: "މިއީ މެސީ ރިޓަޔާކުރަންވީ ވަގުުތު"

8 މާރިޗު 2024 - 18:20 0

މެންޗެސްޓާ (މާޗް 7) - ލިއޮނަލް މެސީ ރިޓަޔާކޮށްގެން ނޫން ގޮތަކަށް އެހެން ކުޅުންތެރިއަކަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބެން ނެތް ކަމަށް ބުނެ، މެންޗެސްޓާ ސިޓީގެ ތަރި އާލިން ބްރައުޓް ހާލަންޑް މަޖާޒީ މޭރުމަކުން ވާހަކަ ދައްކައިފި އެވެ.

ފީފާ އިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މި ފަހަރު ވެސް ހޯދީ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ އެވެ. މެސީއާ އެންމެ ގާތުން ވާދަކުރީ ހާލަންޑް އެވެ. ދެން ގަދަ ތިނެއްގައި ހިމެނެނީ، ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ހާލަންޑް ބުނެފައިވަނީ، މެސީ ރިޓަޔާކުރުމާ ހަމައަށް އޭނާ އަށް މޮޅު ކުޅުންތެރިއާގެ މަގާމު ލިބުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަހަރެން މިދިޔަ އަހަރު ވަރަށް ގިނަ ޓްރޮފީތަކެއް ހޯދިން. އަހަރެންގެ އުމުރަކީ އަދި 23 އަހަރު، އަދި ވެސް ގިނަ ފަހަރުތަކެއްގެ މަތިން އަހަރެން މި ކާމިޔާބީތައް ހޯދަން ބޭނުން. މެސީ އަކީ މިހާތަނަށް ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ، މިހާރު ހަގީގަތުގައި މެސީ އެބަޖެހޭ ކުޅުން ހުއްޓާލަން، އޭރުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެހެން ކުޅުންތެރިއަކަށް ހޯދޭނީ،" ހެވިފައި ހުރެ ހާލަންޑް ބުންޏެވެ.

ސިޓީން ވަނީ، މިދިޔަ ސީޒަނުގެ ލީގާއި އެފްއޭ ކަޕާއި ލީގު ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ހޯދައިފަ އެވެ.

ގްލޯބް ސޮކާ އެވޯޑްސް އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މި ފަހަރު ހޯދީ ހާލަންޑް އެވެ.