Advertisement

ހަލީލު އެމްޑީޕީ ތެރޭގައި ހަރުނުލީ ދޮގު ހަދައި އޮޅުވާލާތީ: އީސަ

7 މާރިޗު 2024 - 16:15 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލު. ފޮޓޯ: ރައީސް އޮފީސް


ހަލީލު އެމްޑީޕީ ތެރޭގައި ހަރުނުލީ ދޮގު ހަދައި އޮޅުވާލާތީ: އީސަ

7 މާރިޗު 2024 - 16:15 1

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު އެމްޑީޕީ ތެރޭގައި ހަރުނުލީ ދޮގު ހަދައި އޮޅުވާލާތީ ކަމަށް އެ ޕާޓީން މަޖިލިސް ކެމްޕޭނުގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވިދާޅުވީ ހަލީލުއަކީ ދަންނަ ފަރިތަ ބޭފުޅެއް ކަމަށާއި، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީއާއެކު އުޅުއްވުމަށްފަހު ޕާޓީގައި ހަރުނުލީ ދޮގުހަދައި އޮޅުވާލަމުން ދިޔުމުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ތިއްބެވީ ހަލީލްފަދަ ތަނެއް ދޮރެއް ނުދަންނަ ބޭފުޅުން ކަމަށާއި، ހަލީލުއަކީ ކޮންމެފަދަ ވާހަކައެއްވެސް ދައްކަވަމުން ގެންދަވާ ބޭފުޅެއް ކަމަށް އީސަ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ. މަޖިލިުސް ކެމްޕޭނުގައި އެމްޑީޕީގެ ތަރުޖަމާނަކީ އޭނާ. ފޮޓޯ:އެމްޑީޕީ


"އެތަނުގައި ހުންނަވައިގެން ސަރުކާރަށް ކިތަންމެ ޑެމޭޖެއް، ރައީސް މުއިއްޒުއަށް ކިތަންމެ ޑެމޭޖެއް ހަލީލު ކުރިޔަށް އޮތް ތަނުގައި ދޭނެ. އަޅުގަނޑަށް ޔަގީން" އީސަ ވިދާޅުވި އެވެ.

ހަލީލު ދައްކަވާ ވާހަކަފުޅުތަކަށް އެހާ ބޮޑަށް ސަމާލުކަން ދިނުން ބުއްދިވެރި ނޫން ކަމަށާއި، އެ ބޭފުޅާއަކީ ދޮގުހަދައި އޮޅުވާލާ ބޭފުޅެއް ކަމަށް ތަކުރާރުކޮށް އީސަ ވިދާޅުވި އެވެ.

އީސަ މިހެން ވިދާޅުވެފައި މިވަނީ ރައީސް މުއިއްޒުގެ އާއިލާއިން ކަރޯކޭ ނުޖައްސަވާ ކަމަށް ހަލީލު މީޑިއާތަކަށް ވިދާޅުވުމަށްފަހު، އެގޮތަށް ވިދާޅު ނުވާ ކަމަށް ފަހުން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ހަލީލުގެ މި އަމަލާ ގުޅިގެން އޭނާ އަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައިވާއިރު، ސޯޝަލް މީޑިއާގައި ސަރުކާރުން ކަންކަން އޮޅުވާލާ ކަމަށްވެސް ބޮޑެތި ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.