Advertisement

ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލުކުރަން ނޭންގޭނެ، އެގޮތަށް ލަފާ ވެސް ދިނިން: އޭޖީ

6 މާރިޗު 2024 - 14:52 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ -- ފޮޓޯ: އެލްޖީއޭ


ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ބާތިލުކުރަން ނޭންގޭނެ، އެގޮތަށް ލަފާ ވެސް ދިނިން: އޭޖީ

6 މާރިޗު 2024 - 14:52 1

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ނޭންގޭނެ ކަމަށާއި އެގޮތަށް ލަފާ ވެސް ދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އެންގީ އާދީއްތަ ދުވަހެވެ.

އޭޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ، އެ ނޫސް ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެންގުމުން، އެލްޖީއޭއަށް ގާނޫނީ ލަފާ އަރުވަން ޖެހެނީ އޭޖީން ކަމަށްވާތީ އެގޮތަށް ބަޔާން ބާތިލު ކުރަން ނޭންގޭނެ ކަމަށް އެލްޖީއޭއަށް ލަފާ އަރުވާފައިވާ ކަމަށެވެ.

ކައުންސިލަކުން ގާނޫނު އަސާސީއާ ހިލާފުވެއްޖެނަމަ އެލްޖީއޭއިން އަމަލުކުރަން ޖެހޭ ގޮތް ގާނޫނު އަސާސީގައި ބުނެފައިވާއިރު، ފިޔަވަޅު އަޅަން ޖެހޭނީ އެ އޮންނަ ޕްރޮސެސްގެ ތެރެއިން ކަމަށް އުޝާމް ވިދާޅުވި އެވެ.

"ކައުންސިލަކުން ނޫސްބަޔާނެއް ނެރުމާ ގުޅިގެން، އެ ނޫސް ބަޔާން ބާތިލު ކުރުމަށް އެލްޖީއޭއަށް އެންގިދާނެ ކަމަށް ގަބޫލު ކުރަން ދަތި. އަޅުގަނޑު ގަބޫލު ކުރާ ކަމެއް ވެސް ނޫން އެއީކީއެއް،" އުޝާމް ވިދާޅުވި އެވެ.

މީގެއިތުރުން ޕްރޮސެސް ފުރިހަމަ ނުކޮށް ވަކި ކަމެއް ކުރުމަށް އެންގުމުން އަމަލު ކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް އުޝާމް ވަނީ ވިދާޅުވެފަ އެވެ.

ކެނދިކުޅުދޫ ކައުންސިލަށް ބަޔާން ބާތިލު ކުރަން އެންގީ ނުފޫޒުން ކަމަށް އެ ކުއުންސިލުން ތުހުމަތު ކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނު ބާރުކެނޑޭގޮތަށް އެލްޖީއޭއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެފަދަ ކަންކަން ނުކުރުމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

ބަޔާން ބާތިލު ކުރަން ނޭންގޭނެ ކަމަށް އޭޖީ ލަފާދިން އިރު، ކައުންސިލްތަކަށް ދަތި ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ރޭ ވިދާޅުވެފަ އެވެ.

"ކައުންސިލްތަަކަށް ފުރިހަމަ ބާރުވެރިކަން ދީގެން ރައްޔިތުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނީ. އެއްގޮތަކަށް ވެސް ކައުންސިލްތަކަށް ފިޔަވަޅު އަޅައި ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް، ދަތި ކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އެހެންވީމާ އެކަހަލަ އެއްވެސް ކަމެއް ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ކުރުމަކީ އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ. "އެކަހަލަ އެއްވެސް ކަމެއް ސަރުކާރުގެ ފަރާތުން އެއްވެސް ކައުންސިލަކަށް ކުރިމައްޗެއް ނުކުރާނެ."

އެލްޖީއޭގެ ބޯޑުގައި މިވަގުތު ހަތް މެންބަރުން ތިބެ އެވެ. އޭގެ ތެރޭގައި ރައީސް އައްޔަން ކުރައްވާ މިނިސްޓަރެއްގެ ގޮތުގައި މިނިސްޓާ އޮފް ސިޓީސް އާދަމް ޝަރީފް ހިމެނެ އެވެ. އަދި މަޖިލީހަސް ޖަވާބުދާރީވުމުގެ ގޮތުން ރައީސް އައްޔަން ކުރައްވަންޖެހޭ މެންބަރަކު ވެސް ބޯޑުގައި އިންނަވަ އެވެ. އެއީ އެތަނުގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ އެވެ.

އޭގެ ތެރެއިން މިނިސްޓަރު އާދަމް ޝަރީފްއަކީ އެލްޖީއޭ ބޯޑުގެ ރައީސް އެވެ. އެތަނުގެ ސީއީއޯއަކީ ޒުލްފާ އެވެ.