Advertisement

އާރްއޯއެލްއިން ގައުމިއްޔަތު މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ

6 މާރިޗު 2024 - 10:09 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ބަހުގެ މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އާރްއޯއެލްއާއި އެކު ފަހުމުނާމާއެއްގައި ސޮއިކުރުން -- ފޮޓޯ: މިނިސްޓްރީ


އާރްއޯއެލްއިން ގައުމިއްޔަތު މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ

6 މާރިޗު 2024 - 10:09 0

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އޮންލައިން (އާރްއޯއެލް) އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ފަހުމުނާމާގައި ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. އަދި އާރްއޯއެލްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ސީސީއޯ މުހައްމަދު ޖިނާހް އިބްރާހީމެވެ.

މި ފަހުމުނާމާގެ މަގުސަދަކީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުވާސަލާތީ ކަންކަން ހަރުދަނާކޮށް، އެ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތްތަކާއި ރަސްމިއްޔާތުތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެކި މަޝްރޫއުތަކަށް ކޮންސަލްޓެންސީ ފޯރުކޮށްދިނުމެވެ.

ފަހުމުނާމާގެ ދަށުން ކުރާނެ މަސައްކަތްތައް

  • މިނިސްޓްރީން ހިންގާ ހަރަކާތްތަކަށް މުވާސަލާތީ ރޮނގުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • ދިވެހިބަސް ދިރުވައި އާލާކުރުމަށާއި ދިވެހި ސަގާފަތާއި ތަރިކައާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުން
  • ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިންގާ މަޝްރޫއުތަކަށް މުވާސަލާތީ ހިދުމަތާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
  • މިނިސްޓްރީގެ މުވާސަލާތީ ކަންކަން ހަރުދަނާކުރުމަށް އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި މައްސަލަތައް ރަނގަޅުކުރުމަށް ކޮންސަލްޓަންސީގެ ހިދުމަތް ފޯރުކޮށްދިނުން
  • ކުޑަކުދީންނާއި ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އަންހެނުންނަށް އަމާޒުކޮށް އެފަރާތްތަކަށް ފުރުސްތުތައް ފަހިވެގެންދާނެގޮތަށް ހާއްސަ މަސައްކަތްތައް ކުރުން