Advertisement

މައްސަލައެއް ޖެހި، ފޭސްބުކް، އިންސްޓަގްރާމް ޑައުންވެއްޖެ

5 މާރިޗު 2024 - 21:20 0

މެޓާގެ ވެރިޔާ މާކް ޒަކަބާގް: ގާތްގަނޑަކަށް ތިން ބިލިއަނެއްހާ މީހުން ފޭސްބުކް ބޭނުން ކުރޭ -- ފޮޓޯ: ފައިލް


މައްސަލައެއް ޖެހި، ފޭސްބުކް، އިންސްޓަގްރާމް ޑައުންވެއްޖެ

5 މާރިޗު 2024 - 21:20 0

ފޭސްބުކް އާއި އިންސްޓަގްރާމަށް މައްސަލައެއް ޖެހި، އެ ދެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ނުވަދެވޭ ކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓު ކުރަން ފަށައިފި އެވެ.

ފޭސްބުކަށް ދިމާވެގެން އުޅެނީ ލޮގިން ކުރުމުގެ މައްސަލައެއް ކަމަށްވެ އެވެ. އިންސްޓަގްރާމަށް ވަދެވުނު ނަމަވެސް އެއްވެސް އެއްޗެއް ލޯޑުނުވާ ކަމަށް އެ އެޕްލިކޭޝަން ބޭނުން ކުރާ މީހުން ދަނީ ރިޕޯޓު ކުރަމުންނެވެ.

ފޭސްބުކް އަދި އިންސްޓަގްރާމް ހިންގަނީ މެޓައިން ނަމަވެސް އެ ކުންފުނިން އަދި އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ. އެ ކުންފުނީގެ ވެރިޔާއަކީ މާކް ޒަކަބާގް އެވެ.

ފޭސްބުކް ބޭނުން ކުރާ ތިން ބިލިއަން މީހުން އުޅޭއިރު 2.4 ބިލިއަން މީހުން އިންސްޓަގްރާމް ބޭނުން ކުރެ އެވެ. ފޭސްބުކަކީ ވިޔަފާރިތަކުން ވެސް ފުޅާ ދާއިރާއަކަށް ބޭނުން ކުރާ ޕްލެޓްފޯމެކެވެ. އިންސްޓަގްރާމްގައި ވިޔަފާރި ކުރާ މީހުން ވެސް އަންނަނީ އިތުރުވަމުންނެވެ.