Advertisement

އިންސްޓަގްރާމާއި ފޭސްބުކަށް ދެވިހިފާތީވެ މެޓައާ ދެކޮޅަށް އެމެރިކާގެ 41 ސްޓޭޓުން ދައުވާކޮށްފި

25 އޮކްޓޯބަރު 2023 - 11:46 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


އިންސްޓަގްރާމާއި ފޭސްބުކަށް ދެވިހިފާތީވެ މެޓައާ ދެކޮޅަށް އެމެރިކާގެ 41 ސްޓޭޓުން ދައުވާކޮށްފި

25 އޮކްޓޯބަރު 2023 - 11:46 0

ފޭސްބުކާ އިންސްޓަގްރާމްގައި ކުޑަކުދިން ބޭތިއްބުމަށް ދެވިހިފާ ފަދަ ފީޗާތައް ލަމުން އަންނަ ކަމަށް ބުނެ އެމެރިކާގެ 41 ސްޓޭޓަކުން އެ ޕްލެޓްފޯމްގެ މައި ކުންފުނި މެޓައާ ދެކޮޅަށް ދައުވާކޮށްފި އެވެ.

މެޓައާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވަނީ ކުޑަކުދިންނަށް ގެއްލުން ލިބޭ ފަދަ ދެވިހަފާ ފީޗާތައް އިންސްޓަ އާއި ފޭސްބުކަށް ލަމުން މެޓައިން އަންނަ ކަމަށެވެ. އަދި, މިކަން ކުރަނީ އެކަމުން ކުދިންނަށް ލިބޭ ނޭދެވޭ އަސަރު ދެނަހުރެ ވިޔަފާރީގެ މަންފާއަށް ގަސްތުގައި ކަމަށްވެސް ބުނެފައިވެ އެވެ.

މެޓައިން ސޭފްޓީ ފީޗާސްއާ ގުޅޭ މައުލޫމާތުތައް ކުދިންނަށް އޮޅުވާލާ ނުރައްކާތެރި ކޮންޓެންޓް ދައްކަމުންދާ ކަމަށާއި ގާނޫނާއި ހިލާފަށް ކުޑަކުދިންގެ ޒާތީ ޑޭޓާ ވަގަށް ނަގާ ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.

ކޮލަރާޑޯ އާއި ކެލިފޯނިއާ ހިމެނޭހެން 33 ސްޓޭޓެއް ގުޅިގެން މައްސަލަ ހުށަހަޅާފައިވަނީ ކެލިފޯނިއާގެ އުތުރު ޑިސްޓްރިކްޓްގެ ފެޑެރަލް ކޯޓަށެވެ. އަދި, ޑީސީގެ އިތުރުން އަށް ސްޓޭޓެއްގެ ބަންޑާރަ ނައިބުން މައްސަލަ ހުށަހަޅާފައިވަނީ އެބައެއްގެ ފެޑެރަލް، ސްޓޭޓް ނުވަތަ ލޯކަލް ކޯޓުތަކަށެވެ.

މިކަމާއި ގުޅިގެން މެޓާގެ ސްޕޯކްސްޕާސަން ލީޒާ ކްރްޝޯ ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކުންފުނިތަކާއި ގުޅިގެން ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސްޓޭޓުތަކުން ކޯޓަށްދާން ނިންމި ނިންމުމަކީ ހިތާމަވެރިކަމެއް ކަމަށެވެ.

މި މައްސަލަ އުފުލާފައިވަނީ 2021 ގައި ކުރެވުނު ތަހުގީގަކަށް ފަހު އެކަމުން ހާމަވި ކަންކަމަށް ބިނާކޮށެވެ އެވެ. އޭރުގެ ތަހުގީގު ފަށާފައިވަނީ ސޯޝަލް މީޑިއާތަކުން ޒުވާނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާކަމަށް ކުރެވުނު ތުހުމަތުތަކަކާއި ގުޅިގެންނެވެ.

ފުރާވަރު ކުދިންނާއި ކުޑަކުދިންގެ މެދުގައި ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތައް ބޭނުންކުރާ މިންވަރު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި މިފަދަ ކުދިން ބޭނުންކުރާ ޕްލެޓްފޯމްތަކުގައި އެކުދިންގެ އުމުރާއި އެކަށިގެން ނުވާ ގެއްލުންހުރި ކޮންޓެންޓް ފެނުމާއި، ކުދިންގެ ޒާތީ ޑޭޓާތައް ނަހަމަ ގޮތުގައި ބޭނުންކުރާކަމުގައި ތުހުމަތު އެކި ޕްލެޓްފޯމްތަކަށް ކުރެ އެވެ.