Advertisement

މެޓައިން އެހެން ޕްލެޓްފޯމްތަކުގެ އޭއައި ފޮޓޯތައް ލޭބަލްކުރަނީ

8 ފެބުރުވަރީ 2024 - 06:01 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

އޭއައި ޕްލެޓްފޯމްތަކުގެ އުފެއްދުންތަކަށް ނިސްބަތްވާ ފާހަގަތަކެއް ފައިލުން ފެނިއްޖެ ނަމަ އެކަން އަންގައިދޭނެކަމަށް މެޓައިން ވަނީ ބުނެފަ


މެޓައިން އެހެން ޕްލެޓްފޯމްތަކުގެ އޭއައި ފޮޓޯތައް ލޭބަލްކުރަނީ

8 ފެބުރުވަރީ 2024 - 06:01 0

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށް މެޓާގެ ޕްލެޓްފޯމްތަކަށް ހިއްސާކުރާ ފޮޓޯތައް ދެނެގަނެ، ޔޫޒަރުންނަށް އެކަން އެނގޭނެ ފަދައިން ލޭބަލްކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މެޓައިން ބުނެފައިވަނީ މިފަދަ ފޮޓޯތައް ދެނެގަތުމަށް ބޭނުންކުރާނީ އެ ފޮޓޯތަކުގެ ފައިލްތަކުގައި ހިމެނޭ މައުލޫމާތުކަމަށެވެ. އެގޮތުން އޭއައި ޕްލެޓްފޯމްތަކުގެ އުފެއްދުންތަކަށް ނިސްބަތްވާ ފާހަގަތަކެއް ފައިލުން ފެނިއްޖެ ނަމަ، އެކުންފުނީގެ ފޭސްބުކް، އިންސްޓަގްރާމް އަދި ތްރެޑްސްއިން އެކަން އަންގައިދޭނެކަމަށް ވަނީ ބުނެފަ އެވެ.

މެޓައިން އަންނަނީ އެކުންފުނީގެ އަމިއްލަ އޭއައި ޓޫލް ބޭނުންކޮށްގެން އުފައްދާ ފޮޓޯތައް މިހާރު ވެސް ލޭބަލްކުރަމުންނެވެ. އަދި މި އައު ސިސްޓަމަކާ އެކު ކުރިއަށް އޮތް ތަނުގައި އޯޕެންއޭއައި، މައިކްރޮސޮފްޓް، އެޑޯބީ، މިޑްޖާނީ އަދި ގޫގުލް ފަދަ ކުންފުނިތަކުން ތައްޔާރުކުރާ ފޮޓޯތަކަށް ވެސް މިފަދަ ލޭބަލް އަންނާނެ އެވެ.

ހަލުވިކަމާއެކު ކުރިއަރަމުންދާ އޭއައި ޓެކްނޮލޮޖީއާ އެކު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ދަނީ މިފަދަ ފޮޓޯތަކުން އާބާދުވަމުންނެވެ. މިކަމުގެ ސަބަބުން ހަގީގަތާ ހިލާފު ހިޔާލުތައް ފެތުރި ފަރުދުންގެ އަނބުރަށް ލިބޭނެ ގެއްލުމާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އޭއައި ބަރަހަނާ ފޮޓޯތަކެއް ވެސް ވަނީ ދާދި ފަހުން އެކްސް ސޯޝަލް މީޑިއާ ފެތުރިފަ އެވެ. އެކަމުގެ ސަބަބުން އެގައުމުގެ ރައީސް އޮފީހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.