23 އޮކްޓޯބަރު 2023 - 14:32 0
ރައްޔާން މުހައްމަދު
މިހާރު ވެސް ބޭނުންކުރާ ސްޓިކާތަކެކޭ އެއްގޮތަށް، އަމިއްލަ އަށް ތައްޔާރުކުރާ ސްޓިކާތައް ވެސް ސްޓޯރީ އަދި ރީލްތަކުގައި ބޭނުންކުރެވޭނެ
23 އޮކްޓޯބަރު 2023 - 14:32 0
ޔޫޒަރުންގެ އަމިއްލަ ފޮޓޮއިން ސްޓިކާ ތައްޔާރުކުރެވޭ ފަދަ އޭއައި ފީޗާއެއް އިންސްޓަގްރާމުން ތައްޔާރުކުރަމުން އަންނަކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
އޭއައިގެ ވަރުގަދަ ޓެކްނޮލޮޖީތަކެއް އިންސްޓަގްރާމްގެ މައި ކުންފުނި މެޓަ އިން އަންނަނީ ތައްޔާރުކުރަމުންނެވެ. ނަމަވެސް އިންސްޓަގްރާމްގެމި ފީޗާ އަކީ ވަރަށް އާދައިގެ ފީޗާ އެކެވެ.
އެއީ ފޮޓޮއެއްގެ މައިގަނޑު ބައި ނުވަތަ "ސަބްޖެކްޓް" ހިޔާރުކުރުމަށް ފަހު އެ ނޫން ބައިތައް ފުހެލުމެވެ. އަދި އެއަށް ފަހު ކޮންޓެންޓްތަކުގައި، ވަކި ކުރެވިފައިވާ ސަބްޖެކްޓް ސްޓިކާއެއްގެ ގޮތުގައި ބޭނުންކުރުމެވެ. މިހާރު ވެސް ބޭނުންކުރާ ސްޓިކާތަކެކޭ އެއްގޮތަށް، އަމިއްލަ އަށް ތައްޔާރުކުރާ ސްޓިކާތައް ވެސް ސްޓޯރީ އަދި ރީލްތަކުގައި ބޭނުންކުރެވޭނެ އެވެ.
އިންސްޓަގްރާމް ހިންގުމާއި ހަވާލުވެހުރި އެޑަމް މޮސޭރީ ވަނީ މިކަން ހިނގާ ގޮތް ދައްކާދޭ ވީޑިއޯ އޭނާގެ ބްރޯޑްކާސްޓް ޗެނަލްގައި ހިއްސާކޮށްފަ އެވެ. މޮސޭރީ ބުނެފައިވަނީ އަމިއްލަ ފޮޓޯތަކުގެ އިތުރުން އެހެން ޔޫޒަރުންގެ "އެލިޖިބަލް" ފޮޓޯތަކުގައި ވެސް މި ފީޗާ ބޭނުންކުރެވޭނެ ކަމަށެވެ.
މި ފީޗާ އާންމުންނާއި ހަމައަށް އަންނާނެ ވަކި ތާރީހެއް މޮސޭރީ ހާމަކޮށްފަ އެއް ނުވެ އެވެ. ހަލުވި ކަމާއެކު ތަރައްގީވަމުން އަންނަ އޭއައި ޓެކްނޮލޮޖީގެ ރޭހުގައި، މެޓަ އިން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment