Advertisement

ރޯދަ މަހާ ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ

5 މާރިޗު 2024 - 11:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

24 ގަޑިއިރު ހުޅުވާފައި ހުންނަ ވިލާ މާޓުގެ ފިހާރައެއް -- ފޮޓޯ: ވިލާ މާޓު


ރޯދަ މަހާ ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަނީ

5 މާރިޗު 2024 - 11:30 0

ރޯދަ މަހާ ދިމާކޮށް ވިލާ މާޓުން ހާއްސަ ޕްރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.

ވިލާ މާޓުން ބުނީ "ރޯދަ ވިތު ވިލާ މާޓު" ނަމުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މާޗު 10، އިން ފެށިގެން އެޕްރިލް 10، ގެ ނިޔަލަށް ކަމަށެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކަސްޓަމަރުންނަށް ރޯދަ މަހު ކޮންމެ ދުވަހަކު ވެސް 500 ރުފިޔާގެ ވައުޗަރު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިލާ މާޓުން ބުނެ އެވެ.

ޕްރޮމޯޝަން ވިލާ މާޓުގެ ފަސް ފިހާރައެއްގައި ކުރިއަށްގެންދާއިރު، ކޮންމެ ފިހާރަކުން ވިޔަފާރިކޮށްގެން ވެސް ޕްރޮމޯޝަންގައި އޮޓޮމެޓިކުން ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިލާ މާޓުން ބުނެ އެވެ.


ވިލާ މާޓުގެ ތަރުޖަމާނު ވިދާޅުވީ އެ ޕްރޮމޯޝަނަކީ ވަފާތެރި ކަސްޓަމަރުންނަށް ވިލާ މާޓާއެކު ވިޔަފާރި ކުރުމުގެ ތަޖުރިބާ އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

ވިލާ މާޓަކީ މާލެ ސަރަހައްދުގެ އެންމެ މަޝްހޫރު އެއް ރީޓެއިލް ޗެއިން ކަމަށްވާއިރު، ވިލާ މާޓުން ބުނީ ރޯދަ މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.