Advertisement

ކޮންމެ ރިޔާސީ ދައުރަކަށް، ވަޒީރުންގެ އަދަދު މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ބިލެއް

5 މާރިޗު 2024 - 10:46 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު އީވާ އަބްދުﷲ، ޑިމޮކްރެޓްސްގެ މެންބަރުންނާއެކު މަޖިލީހުގެ ކުޑަ ދޮށުގައި: ވަޒީރުންގެ އަދަދު މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން ހުށަހަޅައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ކޮންމެ ރިޔާސީ ދައުރަކަށް، ވަޒީރުންގެ އަދަދު މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް ބިލެއް

5 މާރިޗު 2024 - 10:46 0

ކޮންމެ ރިޔާސީ ދައުރަކަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ވުޒާރާތަކުގެ ލިސްޓާއި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، މަޖިލީހުން ފާސް ކުރަން ޖެހޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން، މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފި އެވެ.

ޑިމޮކްރެޓްސްއަށް ނިސްބަތްވާ އީވާ ހުށަހެޅުއްވި ބިލުގައި ވަނީ ސަރުކާރުން ވުޒާރާތައް އުފައްދާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ވުޒާރާތަކުގެ އަދަދާއި ލިސްޓާއި މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހޭނެ އެވެ.

އަދި 14 ދުވަހުގެ ތެރޭގައި ކޮންމެ ވުޒާރާއަކަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، މި ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް ފާސްކުރަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

ބިލުގައި ބުނާ ގޮތުން ގާނޫނެއް ގޮތުގައި ބިލަށް އަމަލު ކުރަން ފަށާނީ، ބިލު މަޖިލީހުން ފާސްވެ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެނެވެ. އެހެންނަމަ، މި ސަރުކާރުގައި ބިލު ފާސްވެ ތަސްދީގުކޮށްފިނަމަ މި ސަރުކާރުން ވެސް މަޖިލީހަށް އެ އަދަދުތައް ފޮނުވައި މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ އެވެ.

ވަޒީރުންގެ އަދަދު ދަނީ ކޮންމެ ރިޔާސީ ދައުރަކަށް ފަހު އިތުރުވަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 16 ވަޒީރުން ތިއްބެވި އިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 19 ވަޒީރުން ފުރަތަމަ ތިއްބެވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި 22 ވަޒީރުން އެބަ ތިއްބެވި އެވެ.