Advertisement

އުރީދޫ ޕެރިސް ޓްރިޕް: ޕީއެސްޖީ މެޗު ބަލަން ދެވޭ ނަސީބުވެރިޔާ ހޮވައިފި

4 މާރިޗު 2024 - 12:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫގެ ފަރާތުން ޕީއެސްޖީ މެޗު ބަލަން ދެވޭ ނަސީބުވެރިޔާ ހޮވުން -- ފޮޓޯ: އުރީދޫ


އުރީދޫ ޕެރިސް ޓްރިޕް: ޕީއެސްޖީ މެޗު ބަލަން ދެވޭ ނަސީބުވެރިޔާ ހޮވައިފި

4 މާރިޗު 2024 - 12:29 0

އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯއެއް އިއްޔެ ފަށައިފި އެވެ.

މި ލަކީޑްރޯއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18، އިން ފެށިގެން ޑިސެމްބަރު 31، ގެ ނިޔަލަށް އުރީދޫގެ މޯބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލި ލަކީޑްރޯއެކެވެ.

ހުކުރު ދުވަހު ހޭޔަންބޯ ޕްރޮގްރާމުގައި ނެގި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަކަށް ހޮވިފައި ވަނީ އުރީދޫގެ ސުޕަނެޓު ކަސްޓަމަރު އަރުޝަދު އަބްދުލް ހަކީމް އެވެ.

މި ފުރުސަތުގެ ދަށުން ދެކޮޅު ޓިކެޓާއި، ދެ ރެއާއި ތިން ދުވަހަށް ހުރުމާއި ކެއުމާއެކު، ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީގައި އެޕްރިލް 21، ގައި ޕީއެސްޖީ އާއި ލިޔޯން ކުޅޭ މެޗު ބަލެވޭނެ އެވެ.

ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ ޕީއެސްޖީ އެކަޑަމީ އާއި ޕީއެސްޖީ ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.