3 މާރިޗު 2024 - 16:05 0
މުހައްމަދު ޝަހްޒާން
3 މާރިޗު 2024 - 16:05 0
މަސްތުވާތަކެތީގެ ފަރުވާ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ކަމަށް ބުނެ ދޮގުލިޔުން ދޫކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ނެޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ) ގެ އެއްވެސް މުވައްޒަފަކު މިހައިތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓަރީގެ ސްޓޭޓު މިނިސްޓަރު ލުބުނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
ލުބުނާ އެހެން ވިދާޅުވީ އެފަދަ މައްސަލައެއްގެ ތުހުމަތުގައި އެންޑީއޭގެ ދެ މުވައްޒަފަކު ހައްޔަރު ކޮށްފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" އަށް ކަށަވަރު ކޮށްދީފައި ވަނިކޮށެވެ. ލުބުނާ ވަނީ މި ނޫހަށް މައުލޫމާތު ދިން މީހާގެ ވާހަކަ ދޮގު ކުރައްވައިފަ އެވެ.
ހޯމް މިނިސްޓަރީއަކީ އެންޑީއޭގެ ބެލެނިވެރި ފަރާތެވެ.
ފަރުވާގެ ލިއުން ވިއްކުމުގެ ތުހުމަތަށް އެންޑީއޭގެ ބަޔަކު ބަންދަށް
މަސްތުވާތަކެތީގެ ފަރުވާއަށް ހުކުމްކުރާ މީހުނަށް، ފަރުވާ ފުރިހަމަނުކޮށް, ފައިސާ ދިނުމުން ފަރުވާ ފުރިހަމަވެފައިވާ ކަމަށް ބުނާ ދޮގުލިޔުން ދޫކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި.

އެ މައްސަލައިގައި މިހައިތަނަށް މީހަކު އަދި ހައްޔަރު ކުރި ކަން ނުވަތަ ނުކުރާކަން ކަށަވަރު ނުވި ނަމަވެސް ފުލުހުން ގެންދަނީ އެންޑީއޭ ހުންނަ އިމާރާތަށް ވަދެ އެތަން ބަލައިފާސް ކުރަމުގެ އޮޕަރޭޝަނެއް މިވަގުތު ވެސް ކުރިއަށް ގެންދަމުންނެވެ.
މަސްތުވާތަކެތީގެ ފަރުވާ އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި ފޯރުކޮށްދެމުން ނުދާ ކަމަށާއި ފަރުވާއަށް ހުކުމް ކޮށްފައި ތިބޭ މީހުން އެއްވެސް މޮނިޓަރިން އެއް ނެތި މަގުމައްޗަށް ދޫކޮށްފައި ތިބޭ ތިބުމަށް އާންމުންގެ ފާޑުކިޔުންތައް އަބަދުވެސް އޮވެ އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment