22 މާރިޗު 2025 - 12:05 1
ލީވާން އަލީ ނާސިރު
ރާއްޖެއަށް މީގެކުރިން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތުން -- ފޮޓޯ: ކަސްޓަމްސް
22 މާރިޗު 2025 - 12:05 1
ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 10 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ކަނޑުމަގުން ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި އިންޑޮނީޝިއާއަށް ނިސްބަތްވާ މީހުންނެވެ.
ހައްޔަރުކުރި 10 މީހުންގެ ތެރެއިން ގަނެޝް ބޮންމާލީ، ޕީޓާ ވިނި، ޕްރަބަކަރަނަ ނާގަރާޖަން، އެޑްރިއަންސްޔާ އަދި މުހައްމަދު އިކްބަލް މަކްމުރު ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
އޭގެއިތުރުން ސަރަން ޕަދްމަން، ނަސްވަން އަދިލް، ރޯމަންސް ސަންތިޔާ ފެނާންޑޯ އަދި ގޮވްސިކް ރާޖް ޖޭމްސް ނޮކްސްގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހައިދިނީ އެއް ދުވަހެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
Comment