3 މާރިޗު 2024 - 13:16 2
މުހައްމަދު އުޝާމް
ނެޝަނަލް ޑްރަގް އެޖެންސީ އަށް ވަންނަ ގޭޓް: ފައިސާއަށް ފަރުވާގެ ދޮގު ލިޔުން ހެދުމުގެ ތުހުމަތުގައި ދެ މުވައްޒަފަކު ހައްޔަރުކޮށްފި - ފޮޓޯ: އަދަދު ފައިލް
3 މާރިޗު 2024 - 13:16 2
މަސްތުވާތަކެތީގެ ފަރުވާއަށް ހުކުމްކުރާ މީހުނަށް، ފަރުވާ ފުރިހަމަނުކޮށް, ފައިސާ ދިނުމުން ފަރުވާ ފުރިހަމަވެފައިވާ ކަމަށް ބުނާ ދޮގުލިޔުން ދޫކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
މިއަދު މެންދުރު ފަހު އެ ދެ މުވައްޒަފުން ހައްޔަރުކުރިކަން ފުލުހުން ވަނީ "އަަދަދު" ނޫހަށް ކަށަވަރުކޮށްދީފަ އެވެ. ހައްޔަރުކުރީ ދިވެހި ދެ ފިރިހެނުންނެވެ.
އެ ދެ މީހުން ހައްޔަރުކުރަން މިއަދު އެންޑީއޭއަށް ފުލުހުން ރެއިޑުކޮށް، އެ ތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން އެބަ ދެ އެވެ. އެ ސަރަހައްދުގައި ފުލުހުންގެ ބަޔަކު މި ވަގުތު ހަރަކާތްތެރިވަމުން އެބަ ގެންދެ އެވެ.
މަސްތުވާތަކެތީގެ ފަރުވާއަށް ހުކުމް ކުރުމަށް ފަހު، އެޖެންސީން ފަރުވާ ދެވޭ ގޮތާއި އެއްވެސް މޮނިޓަރިންއެއް ނެތި އެ މީހުން މަގުމައްޗަށް ދޫކޮށްފައި ތިބޭ ތިބުމަށް އާންމުންގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެފައި އޮވެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މޯޑު
about 1 year ago
ތި ހުސް ދޮގުވާހަކަ ތިފަތުރަނީ، ދޮގު ވިއްކައިގެން ތިއުޅެނީ ކިތެއް ވޯޓް ލިބޭތޯ
ޯއަޅޭ
about 1 year ago
ތީ ދޮގު ޙަބަރެއް! ދޮގު ޙަބަރު ނުފަތުރަ ވާކަށް ނެއްތޯ ؟
Comment