އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށްފި

20 މާރިޗު 2025 - 20:15 0

އަހުމަދު އާއިދު

އ

ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަމްއާންއަށް އިމިގްރޭޝަން ކޮންޓްރޯލަރުގެ ފަތްކޮޅު އަރުވަނީ: އޭނާ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތަކެއް އިވޭތާ ދުވަސްކޮޅެއް ވެއްޖެ -- ފޮޓޯ: ރައީސް އޮފީސް


އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށްފި

20 މާރިޗު 2025 - 20:15 0

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު އެ މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު އަދަދު ނޫހަށް ކަށަވަރުކޮށްދެއްވި ގޮތުގައި ޝަމްއާން ވަކިކުރަން ރައީސް މުއިއްޒު ނިންމެވީ މިރޭގެ ވަގުތެއްގަ އެވެ.

ގާނޫނުއަސާސީން އެ ބާރު ރައީސްއަށް ލިބިވަޑައިގެންނެވި ނަމަވެސް އޭނާ ވަކިކުރަން ރައީސް ނިންމެވި ސަބަބެއް ސަރުކާރުގެ އޮފިޝަލު ހިއްސާކޮށްފައެއް ނުވެ އެވެ.

ނަމަވެސް ޝަމްއާން ވަކިކުރި ހަބަރު ލިބުނު ފަހުން މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުން ވަނީ, އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަަމަށް ބުނެފަ އެވެ. މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ޝަމްއާންއާ ގުޅުމެއް އޮތް ކަމަށް ފުލުހުން ނުބުނު ނަމަވެސް, ކުރިން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވި ގޮތުގައި, ޝައްމާން ވަކިކުރީ ބިދޭސީ މަސައްކަތްތެރިން އަތުން ފައިސާ ނަގާ މައްސަލައާ އޭނާއާ ގުޅުމެއް އޮތުމުންނެވެ.

އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމަށް ޝައްމާން އައްޔަންކުރަން ރައީސް މުއިއްޒު ނިންމެވީ ވެރިކަމުގެ ތިންވަނަ ދުވަހު އެވެ.

ޝަމްއާން އޭގެ ކުރިން އިމިގްރޭޝަނުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި އެވެ. ނަމަވެސް އިމިގްރޭޝަން ކޮންޓްރޯލަކަށް އައްޔަނުކުރިއިރު, އޭނާ ހުރީ ވަޒީފާއިން ވަކިކޮށްފަ އެވެ.