Advertisement

ލާޒިއޯ އަށް ތިން ރަތް ކާޑު، މިލާނަށް މޮޅެއް

2 މާރިޗު 2024 - 09:54 0


ލާޒިއޯ އަށް ތިން ރަތް ކާޑު، މިލާނަށް މޮޅެއް

2 މާރިޗު 2024 - 09:54 0

މިލާން (މާޗް 2) - އިޓާލިއަން ލީގުގައި ރޭ ތިން ރަތް ކާޑާ އެކު މެޗު ނިންމާލި ލާޒިއޯގެ މައްޗަށް އޭސީ މިލާނުން 1-0 އިން މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު، މިލާން، ލީގުގެ ތިން ވަނައިގައި އޮތީ، 27 މެޗުން 56 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް އިންޓަ މިިލާނަށް 26 މެޗުން ވަނީ 69 ޕޮއިންޓް ލިބިފަ އެވެ. އަދި ދެ ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 26 މެޗުން، 57 ޕޮއިންޓް ލިބިފަ އެވެ.

ލާޒިއޯ ދަނޑުގައި ރޭ ފެނުނު ފޯރިގަދަ ކުރިމަތިލުމުގައި މިލާނުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 88 ވަނަ މިިނިޓްގައި ކާމިޔާބުކުރީ ނޯއާ އޮކަފޯ އެވެ.

ރޭގެ މެޗުގައި ލާޒިއޯ އިން ފުރަތަމަ ރަތް ކާޑު ހޯދީ ލޫކަ ޕެލެގްރީނީ އެވެ. މިއީ، މެޗުގެ 57 ވަަނަ މިނިޓްގައި މިލާނުގެ ކްރިސްޓިއަން ޕުލިސިޗް އަށް ކުރި ފައުލަކަށް ޕެލެގްރީނީ އަށް ދެއްކި ދެ ވަނަ ރީނދޫ ކާޑާ އެކު، ދެއްކި ރަތް ކާޑެކެވެ.

ލާޒިއޯ އިން ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށް، މިލާނުން ލަނޑު ޖެހިއިރު، މެޗުގެ އިތުރު ވަގުތުގައި ލާޒިއޯގެ އިތުރު ދެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެ ގޮތުން، އިތުރު މިނިޓްގެ ހަތަރު ވަނަ މިނިޓްގައި، ލާޒިއޯގެ އެޑަމް މަރުސިޗް އަށް ރަތް ކާޑު ދެއްކީ ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ގޮތުންނެވެ. އޭގެ ދެ މިނިޓް ފަހުން، މަޓެއޯ ގެންޑޫޒީ އަށް ވަނީ ޕުލިސިޗް އަށް ކުރި ފައުލަކަށް ރަތް ކާޑެއް ދައްކައިފަ އެވެ.

މި މެޗުގައި މިލާނުގެ ހަ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވެ އެވެ.