Advertisement

ބޮޑުތަކުރުފާނު ޖެއްސެވި ކާނި ކަޑައިން ހެދުނު ގަހުގައި ރޯކޮށްލި ބަޔަކު ހޯދަނީ، މައްސަލަ ފުލުހަށް

28 ފެބުރުވަރީ 2024 - 16:35 1

އަމަން ހަލީމް

އ

Advertisement

ކާނި ގަހާއި، އެ ގަހުގައި ރޯވެފައިވާ މަންޒަރާއި، ރޯވި އަލިފާންގަނޑު ނިއްވާލެވުނުއިރު ގަސް ހުރި ގޮތް -- ފޮޓޯ: ސޯޝަލް މީޑިއާ


ބޮޑުތަކުރުފާނު ޖެއްސެވި ކާނި ކަޑައިން ހެދުނު ގަހުގައި ރޯކޮށްލި ބަޔަކު ހޯދަނީ، މައްސަލަ ފުލުހަށް

28 ފެބުރުވަރީ 2024 - 16:35 1

Advertisement

Advertisement

ބޮޑުތަކުރުފާނު ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން އޭގެ ރިޔާ ފެއްސެވުމަށް ޖެއްސެވި ކާނި ކަޑައިން ހއ. ބާރަށުގައި ހެދި ބޮޑުވި ކަމަށް ބުނާ، 450 އަށް ވުރެ ގިނަ އަހަރުވީ ކާނި ގަހުގައި ރޯކޮށްލި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގައުމީ މަރުކަޒުން މިއަދު ބުނެފި އެވެ.

މި ގަހުގައި ބަޔަކު ރޯކޮށްލީ ރޭގެ މެންދަމުގެ ވަގުތެއްގެ އެވެ.

Advertisement

އެތައް ސަތޭކަ އަހަރެއްވީ ދިވެހި މިނިވަންކަމުގެ ބަތަލަކާ ގުޅޭ އާސާރީ ތަރިކައެއްގައި ރޯކޮށްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގައުމީ މަރުކަޒުން ބުނީ ބާރަށު ކައުންސިލާ ގުޅިގެން އެ ގަހުގައި ހުޅުޖެހި ފަރާތެއް ހީދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަދި ގާނޫނު ނަމްބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން މި މައްސަލަ ބައްލަވައިދެއްވުމަށް އެދި މި މަރުކަޒުން މިހާރު ވާނީ ރަސްމީކޮށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފަ" އެ މަރުކަޒުން ނެރުނު ބަޔާނުގައިވެ އެވެ.

"މިކަމުގައި ޒިންމާވާ ފަރާތަކާ މެދު ގާނޫނު ނަމްބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ މަސައްކަތް މި މަރުކަޒުން ކުރާނެ ވާހަކަ ދަންނަވަން"

Advertisement

ބޮޑުތަކުރުފާނު ޖެއްސެވި ކާނަ ކަޑައިން ބޮޑުވި ގަހުގަ ރޯކޮށްލައިފި

އެ ގަހުގައި ރޯކޮށްލާފައިވާ މަންޒަރުގެ ފޮޓޯ ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު، ގަސް އެއްކޮށް އަނދާފައިވާ ތަން ފޮޓޯތަކުން ފެނެ އެވެ.

ބޮޑުތަކުރުފާނު ޖެއްސެވި ކާނަ ކަޑައިން ބޮޑުވި ގަހުގަ ރޯކޮށްލައިފި

އެ ގަހުގައި ރޯކޮށްލާފައިވާ މަންޒަރުގެ ފޮޓޯ ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާއިރު، ގަސް އެއްކޮށް އަނދާފައިވާ ތަން ފޮޓޯތަކުން ފެނެ އެވެ.

މި ގާނޫނުގައިވާ ގޮތުން އެފަދަ ތަރިކައަކަށް ގެއްލުން ދިނުމުގެ އަދަބަކީ އެ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށް ބަލައި، -/10,000 (ދިހަހާސް) ރުފިޔާއާއި -/1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. ނަމަވެސް ގާނޫނުލްއުގޫބާތުގައި އެ ކުށަކަށް އަދަބު ކަނޑައެޅިފައިވާ ނަމަ ޖިނާއީ އަދަބެއް ވެސް ދެވޭނެ އެވެ.

ގާނޫނުލްއުގޫބާތުގައިވާ ގޮތުން ސަގާފީ ނުވަތަ ތިމާވެށީގެ ނުވަތަ ދީނީ ނުވަތަ ތާރީހީ ގޮތުން މުހިއްމުކަންދެވޭ ތަނެއް ނުވަތަ އެއްޗެއް ނުވަތަ މުދަލަކަށް ގެއްލުން ދިނުމަކީ ޖިނާއީ ކުށެކެވެ. އަދި ބޮޑު ގެއްލުމެއް ދިނުމުގެ ސަބަބުން އަދަބު މަތިކުރެވޭ ހާލަތްތައް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ މަރުކަޒުން އިތުރަށް ބުނީ މި ގަހުގައި ރޯކޮށްލީ އެތަނުން އިޖުތިމާއި އަދި އިގުތިސޯދީ ފައިދާ ލިބޭ ގޮތަށް އެ ގަސް ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި މިފަދަ ތަރިކަތައް ރައްކާތެރިކުރުމުގައި އެ މަރުކަޒަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.

Advertisement

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މޮޔަގޮލާ

about 1 year ago

އެހެންވީމަ ކަޅުއޮށްފުންމީގެ ނަކަލަށް ހެދިހެން، ރަށްރަށުގައި ހުރި މިކަހަލަ ހުރިހާ އާސާރުތަކެއް މާލެއަށް ޖަމާކޮށްފަ ބަހައްޓަންވީ. ގައުމިއްޔަތު ދިރުވައި އާލާވެ، މިކަހަލަ މުގައްދަސް، މާތް ތަކެއްޗަށް ލިބެންޖެހޭ ހިމާޔަތް ލިބޭނީ ހަމައެކަނި މާލެއިން. އޯ ސޮރީ. މާލޭގައި ދާރުލްއާސާރުގައި ހުރި ބުދުތައް ދޯ ދީނިއްޔަތު ދިރިގެން ބަޔަކު އައިސް އިބްރާހީމްގެފާނު ކަންކުރިހެން ﷲ އަކުބަރު ކިޔާފަ ތަޅާލީ މި ރޭޓުން މިތަކެތި ފޮނުވަންވީ ބިރިޓިޝް މިޔުޒިޔަމްއަށް ކަންނޭނގެ.