Advertisement

މުޒާހަރާ ހުއްޓާލުމުން، އެއިފިލް ޓަވަރު އާންމުންނަށް ހުޅުވާލައިފި

27 ފެބުރުވަރީ 2024 - 07:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުޒާހަރާއަށްފަހު އެއިފިލް ޓަވަރު އާންމުންނަށް ހުޅުވާލުން -- ފޮޓޯ: އޭއެފްޕީ


މުޒާހަރާ ހުއްޓާލުމުން، އެއިފިލް ޓަވަރު އާންމުންނަށް ހުޅުވާލައިފި

27 ފެބުރުވަރީ 2024 - 07:04 0

އެއިފިލް ޓަވަރުގެ މުވައްޒަފުން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލުމުން، އެތަން އާންމުންނަށް ހުޅުވާލައިފި އެވެ.

އެއިފިލް ޓަވަރުގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރާތާ ހަ ދުވަސް ފަހުން، މުޒާހަރާ ކުރުން ހުއްޓާލާފައި ވަނީ މުވައްޒަފަން އެދިފައިވާ ކަންކަން ކޮށްދޭނެ ކަމަށް އެއްބަސްވުމުންނެވެ.

މުވައްޒަފުން މުޒާހަރާ ކޮށްފައި ވަނީ އެއިފިލް ޓަވަރު މަރާމާތު ކުރުމަށް ހަރަދު ނުކުރާތީ އާއި މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރުމުންނެވެ. ނަމަވެސް މެނޭޖްމަންޓުން ވަނީ އެކަންކަން ފުރިހަމަ ކޮށްދޭނެ ކަމަށް މިހާރު ބުނެފަ އެވެ.

އެއިފިލް ޓަވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްސީލްކުރާ ސީޖީޓީ ޔޫނިއަން އިން ބުނީ މުވައްޒަފުންގެ އެދުމާ އެއްގޮތަށް އަދި އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އާންމުކޮށް ކޮންމެ ދުވަހަކު ހުޅުވާ އެއިފިލް ޓަވަރުގެ މުވައްޒަފުން މިދިޔަ ޑިސެމްބަރު މަހުވެސް މުޒާހަރާއެއް ކޮށްފައިވާއިރު، އެފަހަރު މުވައްޒަފުންގެ އެދުމަށް އެދެވޭ ހައްލެއް ނުލިބެ އެވެ.

ފަރަންސޭސި ވިލާތުގެ ފަހުރެއް ކަމުގައިވާ، އުސްމިނުގައި 330 މީޓަރު ހުންނަ އެއިފިލް ޓަވަރު ހުޅުވީ 1889 ވަނަ އަހަރު އެވެ. އެ ޓަވަރު ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެވްރެޖުކޮށް ހަ މިލިއަން ފަތުރުވެރިން ކޮންމެ އަހަރަކު ޒިޔާރަތް ކުރެ އެވެ.