Advertisement

އަސްކަރިއްޔާއަށް ކުރާ ހަރަދު ދެ ގުނަ ބޮޑުކުރަން ފްރާންސުން ނިންމައިފި

14 ޖުލައި 2025 - 12:47 0


އަސްކަރިއްޔާއަށް ކުރާ ހަރަދު ދެ ގުނަ ބޮޑުކުރަން ފްރާންސުން ނިންމައިފި

14 ޖުލައި 2025 - 12:47 0

ޕެރިސް، ފްރާންސް (ޖުލައި 13) - މީގެ ދެ އަހަރު ފަހުން 2027 ވަނަ އަހަރުން ފެށިގެން އަސްކަރިއްޔާއަށް ކުރާ ހަރަދު ދެގުނަ ބޮޑުކުރަން ނިންމާފައިވާކަން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ހާމަކުރައްވައިފި އެވެ.

އަސްކަރީ ހޭދަ އިތުރުކުރަން ފްރާންސުން ނިންމާފައި އޮތީ 2030 ވަނަ އަހަރު އެވެ. 2017 ވަނަ އަހަރު ފްރާންސުން އަސްކަރިއްޔާއަށް ހޭދަކުރީ 32 ބިލިއަން ޔޫރޯ އެވެ. އެ އަދަދު 2027 ގައި 64 ބިލިއަން ޔޫރޯއަށް ބޮޑުވާނެ އެވެ.

އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން 40 ބިލިއަން ޔޫރޯ ސަލާމަތް ކުރެވޭނެ ކަމަށާއި އެ ފައިސާ އަސްކަރިއްޔާއަށް ހޭދަކުރެވޭނެ ކަމަށް މެކްރޯން ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން ވެސް އިގުތިސޯދީ ހަރަކާތްތައް އިތުރުކޮށްގެން މި ފައިސާ ހޯދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ޔޫރަޕުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތަކަށް ތައްޔާރުވުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކެކެވެ.

ފްރާންސް ވެސް ހިމެނޭ ނޭޓޯގެ ގައުމުތަކުން ވެސް ވަނީ އަސްކަރިއްޔާއަށް ކުރާ ހޭދަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮޑުތަނުން އިތުރު ކުރުމަށް ނިންމާފަ އެވެ.