ވިސާ ނެތި އުޅެމުންދިޔަ ފްރާންސްގެ އާއިލާ ފުރުވާލަނީ

15 ޑިސެންބަރު 2024 - 13:53 5

އަހުމަދު އާއިދު

އ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު : ވިސާނެތި އުޅެމުންދިޔަ ފްރާންސްގެ އާއިލާ ފުރުވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ --- ފޮޓޯ: އަދަދު


ވިސާ ނެތި އުޅެމުންދިޔަ ފްރާންސްގެ އާއިލާ ފުރުވާލަނީ

15 ޑިސެންބަރު 2024 - 13:53 5

ރާއްޖޭގައި ވިސާނެތި ދަހަރަކަށްވުރެ ގިނަ ދުވަހު އުޅެމުންދިޔަ އާއިލާ ފުރުވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ދެމަފިރިޔަކާއި އެ މީހުންގެ ފަސް ކުދިން ތ. ވޭމަންޑޫގައި ދިރިއުޅުމެންދާ ވާހަކަ މިއަދު ތިލަވީ އެ ހަބަރު "މިހާރު" ނޫހުން ގެނެސްދިނުމުންނެވެ. މިއީ އެ މީހުން ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ދިރިއުޅެމުންދާތާ 12 ވަނަ އަހަރު ކަމަށްވެ އެވެ. ވޭމަންޑޫގެ ކުރިން ދެތިން ރަށެއްގައި ދިރިއުޅުނު ކަމަށްވެސް އެ ހަބަރުގައި ބުނެފައިވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މީހުންގެ ޝަކުވާއެއް ލިބުނީ ޖުލައި 18، ގައި ކަމަށެވެ. އެ މައްސަލަ ބެލުމަށްފަހު އާއިލާގެ އިސް ފަރާތް ކަަމަށްވާ ފިރިހެން މީހާ އިމިގްރޭޝަނަށް ހާޒިރުކޮށްފައިވާ ކަމަށް ވެސް ޝައްމާނު ވިދާޅުވެފައިވެ އެވެ.

އަދި، އާއިލާގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ ފޮރިން މިނިސްޓްރީއާ ގުޅިގެން މިހާރު ކުރެވެމުންދަނީ ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހެދުމުގެ މަސައްކަތް ކަމަށާއި ގާނޫނާ ހިލާފަށް ރާއްޖޭގައި އެއްވެސް މީހަކަށް ނޫޅެވޭނެ ކަމަށްވެސް ޝައްމާނު އެކްސްގައި ލިޔުއްވާފައިވެ އެވެ.

މި މީހުން ފްރާންސް ދޫކޮށްލީ އިސްލާމް ދީން ގަބޫލުކުރުމަށްފަހު ދިމާވި ނުތަނަވަސްކަމާއެކު ކަމަށާއި އެނބުރި ގައުމަށް ގޮސްފިނަމަ ޖަލަށް ދިޔުންފަދަ ބިރުތަކެއް ހުރި ކަމަށް އެ މީހުން ވޭމަންޑޫ މީހުން ކައިރި ބުނި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އިންސާނީ ހައްގުތަކެއްވެސް އެކުލެވޭ މި ކަންބޮޑުވުންތައް ހުރުމާއެކު އިތުރު ތަފުސީލު ހޯދުމަށް މި ނޫހުން ޝައްމާނު އަށް ގުޅުމުން އޭނާ ވިދާޅުވީ، ފިރިހެން މީހާ ހާޒިރުކޮށް ނެގި އިންޓަވިއުގައި އެނބުރި ގައުމަށް ދިޔުމާމެދު ޝަކުވާ ކޮށްފައި ނުވާ ކަމަށެވެ. ޝައްމާނު ވިދާޅުވީ އެ މީހުން ފްރާންސް ދޫކޮށްލީ އިސްލާމް ދީން ގަބޫލުކުރުމާ ގުޅިގެން ކަމަށް ބުނެ ދެކެވޭ ވާހަތަކަކީ ދޮގެއް ކަމަށެވެ.

ނަމަވެސް, އެ އާއިލާއިން ފުރަތަމަ ބޭނުންވީ ރާއްޖޭގައި ވަޒަންވެރިވެ ތިބުމަށް ކަމަށް ޝައްމާންވެސް ފާހަގަކުރެއްވި އެވެ. އަދި، ފްރާންސަކީ އިންސާނީ ހައްގުތަކަށް އިސްކަންދީ ރެފިއުޖީންނަށް ވެސް އެހީތެރިވާ ގައުމެއް ކަމުން އެފަދަ ވާހަކަތައް ގަބޫލުކުރަން އުނދަގޫ ކަމަށް ވެސް ޝައްމާން ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ނަމަވެސް ފަހުގެ ތާރީހުގައި ފްރާންސް ވެގެންގޮސްފައިވަނީ އިސްލާމް ދީނާ ދެކޮޅު ހިޔާލުތައް މަޝްހޫރު، އަދި އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ގައުމެއްގެ ގޮތުގަ އެވެ.

އެގޮތުން މުސްލިމުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމުގެ އިތުރުން، ފުރާންސުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ 2010 ގައި އެ ގައުމުގައ މޫނުބުރުގާ އެޅުންވެސް މަނާކޮށްފަ އެވެ. މިހާރު ފުރުވާލަން އުޅޭ އާއިލާގައި މޫނުބުރުގާ އެޅި އަންހެނުންތަކެއް ހިމެނެ އެވެ.

މި ހަބަރު ޝާއިއުކުރި ފަހުން ކުރެއްވި ޓްވީޓެއްގައި ޝައްމާނު ވަނީ އެ އާއިލާ ވަކި ގައުމަކަށް ފުރަން އިމިގްރޭޝަނުން ނާންގާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި ފަރާތްތަކުގެ ޓްރެވެލް ޑޮކިއުމަންޓް ލިބުމުން މި ފަރާތްތައް ފުރުވާލުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ. އަދި މި ފަރާތްތައް ވަކި ގައުމަކަށް ފުރުމަށް އިމިގްރޭޝަނަކުން ނާންގާނެ," އޭނާ އެކްސްގައި ލިޔުއްވި އެވެ.

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ދިވެހީންގެ ރާއްޖެ

4 months ago

މި ރާއްޖޭގައި ވިހައިގެން ބޮޑު ވެފައި ތިބި ކުދިން އެ އާއިލާގެ އެބަ ތިބި. ރަޖިސްޓަރީ ކޮށްފައިވަނީ ކޮން ގައުމެއްގަ؟ އެކުދިން ފޮނުވާނީ ކޮންތާކަށް. ކިހިނެތް؟

އެނެެލިސްޓް

4 months ago

މުސްލިމުނަށް ވުމުން ފްރާންސާއި އިންގިރޭސިވިލާތުގައި ނޫޅެވިގެން އައީ ކަމަށް ބުނާ އިރު، ޕާކިސްތާނު ސީރިޔާގެ މުސްލިމުން އިންގިރޭސިވިލާތް ފުރާ އެއުޅެނީ، ލަންޑަނުގެ މޭޔަރު ސާޖިދް ޚާނަކީ ވެސް އޭގެ މީހެއް. ތުބިޅީ މުއްލާއިން އުޅޭ މިނިވަން ކަމުގައި އިސްލާމް ދީން ފަތުރަން، މޫނުބުރްގާ އަޅައިގެން އުޅޭ. ފްރާންސްގައ ވެސް ވެރިކަން ކުރަނީ މުސްލިމުނާއި އެއްކޮޅު އިމިގްރޭޝަނާއި އެއްކޮޅު ވާތުފިޔާގެ މީހުން. ޖަރީމާއެއް ހިންގައިގެން ފިލަން އައިސް އުޅޭ ވައްތަރު ޖަހަނީ

އެދުރު

4 months ago

މުސްލިމް އާއިލާއެއް އެހައި ފަސޭހައިން ފޮނުވައިލުމަކީ ރަނގަޅު ގޮތެއް ނޫން. ކުޑަ މިނުން އޭނާއާ ޒިންމާވާނެ ފަރާތެއް ވެއްޖެއްޔާ ލުއިތަކެއް ދީފައި ހުރެވޭނެ ގޮތްވުން މުހިންމު. އެމީހުން ގައުމަށް ހިނގައްޖެނަމަ މުސްލިމުންނަށް ވަތީ ރައްކާތެރިކަމެއް ނެތްކަމަށް ވާއިރު މުސްލިމުންގެ ހައިސިއްޔަތުން އެމީހުންނަށް ފުރުސަތު ދޭން ޖެހޭ. ވޭމަންޑޫ ރައްޔިތުންގެ ތެރެއިން ވެސް އެމީހުންނަށް އަޅައިލާނެ ބަޔަކު ވާނެނަމަ ކޮންފަދަ.

އޭނަގެ ފަރާތުން އަހަރެމެނަށް ގެއްލުމެއް ނުވާނަމަ

4 months ago

މުސްލިމެއް އޭނާ މިކޮޅުގަ ވަޒަންވެރިވާން ބޭނުން ވާ ހިނދު އެކަން ހުއްޓުވަން، އިމިގްރޭޝަނަށް އޮތީ ކޮންހައްގެއް. އިސްލާމް ދީނުގަ އޮންނަނީ ހިޖްރަކުރަން ބާރު އަޅައިފަ.

ޢަބްދުު

4 months ago

ކީއްވެތަ ގަވައިދަ ހިލާފައް އުޅޭ ބަނގުލަދޭސް މީހުން ތިހާ ފަސޭހައިން ނުފޮނުވާލަނީ