Advertisement

ފުލީދޫ ޖެޓީ މަރާމާތު ކުރަން އެމްޓީސީސީގެ ޓީމެއް ފޮނުވަނީ

21 ފެބުރުވަރީ 2024 - 22:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވ.ފުލިދޫ ޖެޓީ ހަލާކުވެ، ރަށަށް އަރައި ފޭބުމަށް އުނދަގޫތައް ދިމާވުން -- ފޮޓޯ: އިމްތިޔާޒް


ފުލީދޫ ޖެޓީ މަރާމާތު ކުރަން އެމްޓީސީސީގެ ޓީމެއް ފޮނުވަނީ

21 ފެބުރުވަރީ 2024 - 22:12 0

ވ.ފުލިދޫގެ ޖެޓީ މަރާމާތު ކުރުމަށް އެ ރަށަށް އެމްޓީސީސީގެ ޓީމެއް ފޮނުވަން ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްްޖެ އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ފުލިދޫ ރައްޔިތުންނަށް ލަފާ ފުރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން ފާލަން މަރާމަތު ކުރުމަށް އެމްޓީސީސީގެ ޓީމެއް އެ ރަށަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

އެމްޓީސީސީގެ ޓީމު ހޮނިހިރު ދުވަހު ފުލިދޫއަށް ދާނެ ކަމުގެ ޔަގީންކަން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދީފައިވާ ކަމަށާއި، މިކަން ލޯކަލް ގަވަމަންޓު މިނިސްޓްރީން ގާތުން ބަލަމުންދާނެ ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒް "އަދަދު" އަށް ވިދާޅުވީ، ރަށުގެ ޖެޓީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ރަށާ ވަކިވެފައިވާއިރު، ރަށުގައި ލަފާ ފުރުން ގާތްގަނޑަކަށް ބަންދުވެފައިވާ ކަމަށާއި ލަފާ ފުރުމުގެ ކަންތައް ކުރިޔަށް ދަނީ ވަރަށް ހާލުގައި ކަމަށެވެ.

20 ގެސްޓްހައުސް ހިންގަމުން އަންނަ ފުލިދޫގެ ފާލަން ހަލާކުވުމުގެ ސަބަބުން ރަށުގެ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށާއި މިލިއަނުން ދައުލަތަށް ޓެކްސް ދައްކާ ރަށެއްގައި އަސާސީ ހިދުމަތުން މަހުރޫމުވުމަކީ ލިބުނު ނިމަކެތި ކަމެއް ކަމަށްވެސް އިމްތިޔާޒް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 277 މީހުން ދިރިއުޅޭ ފުލިދޫއަކީ އާންމުކޮށް ދިވެހިންގެ އިތުރުން ގިނަ ފަތުރުވެރިން ވެސް ޗުއްޓީ ހޭދަކޮށްލުމަށްދާ ރަށެކެވެ.