Advertisement

ފުލިދޫ ފާލަން ރަށާ ވަކިވެ، ލަފާ ފުރުން ގާތްގަނޑަކަށް ބަންދުވެއްޖެ

21 ފެބުރުވަރީ 2024 - 10:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުލިދޫ ފާލަން ރަށާ ވަކިވެ، ފަލާ ފުރަން ދަތިތައް ދިމާވުން -- ފޮޓޯ: އިމްތިޔާޒް


ފުލިދޫ ފާލަން ރަށާ ވަކިވެ، ލަފާ ފުރުން ގާތްގަނޑަކަށް ބަންދުވެއްޖެ

21 ފެބުރުވަރީ 2024 - 10:57 0

ވ. ފުލިދޫ ފާލަން ރަށާ ވަކިވެ، ލަފާ ފުރުން ގާތްގަނޑަކަށް ބަންދުވެއްޖެ އެވެ.

ފުލިދޫ ކައުންސިލްގެ ރައީސް މުހައްމަދު އިމްތިޔާޒް "އަދަދު" އަށް ވިދާޅުވީ، ފާލަން ވަނީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ރަށާ ވަކިވެފައި ކަމަށާއި ލަފާ ފުރުމުގެ ކަންތައް ކުރިޔަށް ދަނީ ވަރަށް ހާލުގައި ކަމަށެވެ.

ރަށުގައި 20 ގެސްޓްހައުސް ހުންނަކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ، ފަތުރުވެރިންގެ ލަގެޖުތައް ވެސް އަރުވައި ބާލަން ޖެހެނީ ވަރަށް އުނދަގުލުން ކަމަށެވެ.

ފުލިދޫ ފާލަން ތަރައްގީކޮށް 2019 ވަނަ އަހަރު ނިމިފައިވާއިރު، ފާލަމުގެ ބައެއް ތަނބުތައް ހުރީ ރަނގަޅަށް ނުޖެހި ކަމަށާއި މިކަމުގެ ސަބަބުން ފާލަން އެއްކޮށް ހާލަކުވެގެން ދިޔައީ ވެލިގަނޑު ދަމަމުން ގޮސް ކަމަށެވެ.

"ފާލަން އިނީ ރަށުގެ ނެޗުރަލް ސޮއިލްއާ ރަނގަޅަށް ނުގުޅި. ދޮންވެލިގަނޑުގައި ފާލަން ހަދާފައި ހުރުމުން، ވެލިގަނޑު ދަމަމުން ދިޔަ ވަރަކަށް ފާލަން ދިޔައީ ހަލާކުވަމުން. ނަމަވެސް މިހާރު ފާލަމަށް އަރާ ފޭބުމަށް ނުކުޅެދޭ ހާލަތަށް ދިޔައީ،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން އިމްތިޔާޒް ވިދާޅުވީ، ފާލަން ހަލާކުވުމުގެ ސަބަބުން ރަށުގެ ވިޔަފާރިތައް ހުއްޓިފައިވާ ކަމަށާއި މިލިއަނުން ދައުލަތަށް ޓެކްސް ދައްކާ ރަށެއްގައި އަދި ވިޔަފާރިތައް އޭގެ މައްޗަށް ބިނާވެފައިވާ ބިނާވެފައިވާ އަސާސީ ހިދުމަތުން މަހުރޫމުވުމަކީ ލިބުނު ނިމަކެތި ކަމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 277 މީހުން ދިރިއުޅޭ ފުލިދޫއަކީ އާންމުކޮށް ދިވެހިންގެ އިތުރުން ގިނަ ފަތުރުވެރިން ވެސް ޗުއްޓީ ހޭދަކޮށްލުމަށްދާ ރަށެކެވެ.