Advertisement

މުލީ ކައިރިއަށް ފީނަން ގޮސް އުޅުނު ސްވިޒަލެންޑު އަންހެނަކު މަރުވެއްޖެ

20 ފެބުރުވަރީ 2024 - 21:15 0

އަމަން ހަލީމް

އަމަން ހަލީމް

މ. މުލި: މަރުވީ މި ރަށް ކައިރިއަށް ސަފާރީއަކުން ފީނަން ގޮސް އުޅުނު ޓޫރިސްޓެއް --- ފޮޓޯ: މިރާން ނާޝިމް


މުލީ ކައިރިއަށް ފީނަން ގޮސް އުޅުނު ސްވިޒަލެންޑު އަންހެނަކު މަރުވެއްޖެ

20 ފެބުރުވަރީ 2024 - 21:15 0

މ. މުލީ ކައިރިއަށް ފީނަން ގޮސް އުޅުނު ސްވިޒަލެންޑުގެ އުމުރުން 69 އަހަރުގެ އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

މި ހާދިސާގެ މާ ގިނަ ތަފުސީލުތަކެއް މިހާތަނަށް ނުލިބުނު ނަމަވެސް، މައުލޫމާތު ލިބެނީ އެ އަންހެން މީހާއަކީ ސަފާރީއަކުން ފީނަން ގޮސް އުޅުނު މީހެކެވެ. މުލީ ހޮސްޕިޓަލުން ވަނީ ހޮސްޕިޓަލަށް ގެނައި އިރުވެސް އެ މީހާ މަރުވެފައިވާކަން "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

ފީނަން ގޮސް އުޅުމުގެ ތެރޭގައި އާއި ސްނޯކްލިންއަށް ގޮސް އުޅޭ ޓޫރިސްޓުންނާއި ދިވެހިންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ. މި އަހަރުގެ ކުރީކޮޅު ވެސް އައްޑޫގައި މަސް ހިފަން ގޮސް އުޅުނު ޒުވާނަކު ގެއްލި އޭނާގެ ވީނުވީއެއް ނޭނގެ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި ކައިރިކައިރީގައި ހިނގި މިފަދަ ހާދިސާތަކަކާ ގުޅިގެން ފީނަން ގޮސް އުޅުމުގައި އިތުރަށް ސަމާލުވާން ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.