Advertisement

ޕާކިސްތާނުގައި "އެކްސް" ބޭނުން ކުރަން ހުރަސްތަކެއް

20 ފެބުރުވަރީ 2024 - 07:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރިން ޓުވިޓާގެ ގޮތުގައި އަދި މިހާރު "އެކްސް" ގެ ގޮތުގައި ބޭނުންކުރާ އެޕްގެ ލޯގޯ -- ފޮޓޯ: އޭއެފްޕީ


ޕާކިސްތާނުގައި "އެކްސް" ބޭނުން ކުރަން ހުރަސްތަކެއް

20 ފެބުރުވަރީ 2024 - 07:05 0

ޕާކިސްތާނުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް، "އެކްސް" ބޭނުން ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

ނެޓްބްލޮކްސް އިން ބުނީ، ހޮނިހިރު ދުވަހުން ފެށިގެން ޕާކިސްތާނުގައި "އެކްސް" ބޭނުން ކުރާ ފަރާތްތަކަށް އެ އެޕް ބޭނުން ކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި، މިކަން ދިމާވަމުން އަންނަނީ އެ ގައުމުގެ އިންތިހާބާގެ ނަތީޖާ ސައްހަ ނޫން ކަމަށް ބުނެ ކުރަމުންދާ މުޒާހަރާތަކާ ގުޅުވައިގެން ކަމަށެވެ.

ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން ވަނީ "އެކްސް" ބޭނުން ކުރުމަށް އެއްވެސް ހުރަހެއް އަޅާފައި ނުވާނެ ކަމަށް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުގައި "އެކްސް" ބޭނުން ނުކުރެވޭ ގޮތަށް ހަދާފައި ވަނީ އެ ގައުމުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅޭ މައުލޫމާތުތަކާއި، ފޮޓޯތައް އާންމު ކުރާ މީހުންގެ އިތުރުން ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކުގެ އެވެ.

ޕާކިސްތާނުގެ އިންތިހާބު ފެބްރުއަރީ، 8 ގައި ބާއްވާފައިވާއިރު، އިންތިހާބުގެ ނަތީޖާ ހަތަރު ދުވަސް ފަހުން އިއުލާން ކުރުމުން ނަތީޖާގެ ސައްހަކަމާ މެދު ސުވާލު އުފައްދައި އެ ގައުމުގެ ގިނަ ރައްޔިތުން އަންނަނީ އަދިވެސް އިހުތިޖާޖު ކުރަމުންނެވެ.

އިންތިހާބު އޮތް ދުވަހު މުޅި އެ ގައުމުން ފޯނާއި، އިންޓަނެޓްގެ ހިދުމަތް މެދުކަނޑައިލި އެވެ. ނަތީޖާ ލަސްވީ މުއާސަލާތީ ހިދުމަތްތައް މެދުކެނޑުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ޕާކިސްތާނު އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން 93 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕީޓީއައިއަށް ތާއީދުކުރާ މިނިވަން ކެންޑިޑޭޓުންނެވެ. އަދި ދެވަނައަށް 75 ގޮނޑިއާއެކު ޕީއެމްއެލްއެން އެންމެ ގިނައިން ގޮނޑި ހޯދިއިރު، 54 ގޮނޑިއާއެކު އެންމެ ގިނައިން ގޮނޑި ކާމިޔާބުކުރީ ޕީޕީޕީ ޕާޓީ އެވެ.

ޕާކިސްތާނު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް ސަރުކާރެއް އުފެއްދުމުގެ މެޖޯރިޓީ ލިބިފައި ނުވާއިރު، ޕީއެމްއެލްއެން އާއި ޕީޕީޕީ އިން އަންނަނީ ކޯލިޝަން ހަދައިގެން ސަރުކާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.