Advertisement

އެގްރިކަލްޗަރުގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފި

20 ފެބުރުވަރީ 2024 - 08:00 1

މުހައްމަދު ޝަހްޒާން

މ

Advertisement

އަތޮޅު ތެރޭ ރަށެއްގައި އެ މިނިސްޓްރީން ހިންގި ޕްރޮގްރާމެއްގައި އިސްމާއީލް ބައިވެރިވަނީ. އޭނާއަކީ އެމްއެންޕީގެ ނައިބު ރައީސްވެސްމެ --- ފޮޓޯ: އެގްރިކަލްޗާ މިނިސްޓްރީ


އެގްރިކަލްޗަރުގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް މަގާމުން ވަކިކޮށްފި

20 ފެބުރުވަރީ 2024 - 08:00 1

Advertisement

Advertisement

މިނިސްޓަރީ އޮފް އެގްރިކަލްޗަރު އެންޑު އެނިމަލް ވެލްފެއާގެ ސްޓޭޓު މިނިސްޓަރު ކަމުގައި ހުންނެވި ހުސެއިން އިސްމާއިލް އެ މަގާމުން ވަކިކޮށްފި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސްއެއްގެ މަގާމުގައި ހުންނެވި ހުސެއިން އެ މަގާމުން ވަކިކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އިސްމާއިލް މަގާމުން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"ރޭގެ 9:30 ގައި ކުއްޖަކު ގުޅާފައި ބުނީ މަގާމުން ވަކި ކޮށްފިޔޭ، އޭގެފަހުން ލިބުނު ސިޓީއެއް، އޭގައި އޮތީ ރައީސްއަށް [ގާނޫނު އަސާސީގެ] 115 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ބާރުތަކުގެ ދަށުން މަގާމުން ވަކިކުރި ވާހަކަ، ސަބަބެއް ނޭނގޭ،" އިސްމާއިލް ވިދާޅުވި އެވެ.

އެގްރިކަލްޗަރު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރީ މިދިޔަ ޖެނުއަރީ 4 ގަ އެވެ. އިސްމާއިލް އެ މަގާމުން ވަކިކުރުމާ ގުޅޭގޮތުން، ރައީސް އޮފީހުގެ ވެސް އަދި މިނިސްޓަރީގެ ބަހެއް ވެސް ލިބިފައެއް ނުވެ އެވެ.

އިސްމާއިލް އެ މަގާމުން ވަކިކުރި އިރު، އެ އެގްރިކަލްޗަރު މިނިސްޓަރު، ޑރ. އައިޝަރު ރަމީލާ އާލާސްކަންފުޅާ އުޅުއްވާތީ، ފާޢިތުވި ދުވަސްތަކުގައި މިނިސްޓަރީ ހިންގުމުގެ މަސައްކަތުގައި ވެސް އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އިސްމާއިލް އެވެ.

Advertisement

Advertisement

0.00%

0.00%

0.00%

100.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހރގނޑ2023

about 1 year ago

ރަށެއްގެ ނިކަމެތި ސޮރެއް.. ނޯ ޗާންސް އެހެންވީމަ.. މާލޭ ބޭފުޅުންނަށް އަދި ބޮޑެތި އާއިލާ ތަކަށް އޮތް ކަމެއް މީ..