Advertisement

ދަރަނީގެ މައްސަލައެއްގައި ޖާބިރުގެ ބޭންކު އެކައުންޓުތައް ހިފަހައްޓައިފި

19 ފެބުރުވަރީ 2024 - 14:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު: ދަރަނީގެ މައްސަލައެއްގައި ޖާބިރުގެ ބޭންކު އެކައުންޓްތައް ހިފަހައްޓައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދަރަނީގެ މައްސަލައެއްގައި ޖާބިރުގެ ބޭންކު އެކައުންޓުތައް ހިފަހައްޓައިފި

19 ފެބުރުވަރީ 2024 - 14:05 0

މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހިއްސާ ގަތުމަށް ވި އެއްބަސްވުމެއްގެ ދަށުން، ރިސޯޓު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައްކަން ޖެހޭ ފައިސާއެއް ނުދީ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އޭނާގެ ބޭންކު އެކައުންޓުތައް ހިފަހައްޓައިފި އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނާ ގޮތުން އެ އެއްބަސްވުމުގެ ދަށުން ޖާބިރު 750،000 އެމެރިކާ ޑޮލަރު ދައްކަން ޖެހެ އެވެ. އެއިން މިހާތަނަށް އަދާކޮށްފައިވަނީ 100،000 އެމެރިކާ ޑޮލަރެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ބާކީ ނުދައްކާ 600،000 އެމެރިކާ ޑޮލަރު ހޯދުމަށެވެ. އަދި އެ މައްސަލަ ކޯޓުން ނިމެްންދެން އެ އެކައުންޓުތައް ފުރީޒުކޮށްދޭން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވެ އެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމަރުގައި ވަނީ، ކޯޓުގައި އޮތް މައްސަލަ ނިމެންދެން ޖާބިރުގެ ނަމުގައިވާ ބޭންކު އެކައުންޓުތަކުގެ އިތުރުން އޭނާގެ މަސްލަހަތު ހިމެނޭ ބައެއް ކުންފުނިތަކާއި ރިސޯޓު ވިޔަފާރިއާ ގުޅޭ އެކައުންޓުތަކެއް ފުރީޒުކުރުމަށް އަންގައިފަ އެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓެންޓް ޕްރައިވެޓް ލިމިޓެޑާއި، ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ހިމެނެ އެވެ.

އެ އެކައުންޓުތަކުގައި 600،000 ޑޮލަރު ހިމެނޭ ނަމަ، އެ އަދަދަށް ފްރީޒް ކުރުމަށް އަދި އެ އަދަދަށް ވުރެ ކުޑަ އަދަދެއް ހިމެނޭ ނަމަ، އެ އަދަދު އެއްކޮށް ފްރީޒް ކުރުމަށް ވަގުތީ އަމުރުގައިވެ އެވެ.

ސިވިލް ކޯޓުން އަމުރު ނެރުނީ ބޭންކު އޮފް މޯލްޑިވްސް އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި، ބޭންކް އޮފް ސިލޯނާއި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި، ދަ މޮރިޝަސް ކޮމާޝަލް ބޭންކް އާއި، ހޮންކޮން އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަންގެ މައްޗަށެވެ. އެއީ އެކައުންޓުތައް ހުޅުވާފައިވާ ބޭންކުތަކެވެ.