Advertisement

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުވަރީ 2024 - 10:25 0

ނިމާ ހަސަން

ނިމާ ހަސަން

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ; މަސްވެރިންނަސް ފައިސާ ދިނުމަށް ގޮވާލާ ގަރާރު ހުށަހެޅީ އޭނާ -- ފޮޓޯ: މަޖިލިސް


މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުވަރީ 2024 - 10:25 0

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ, އެ ފައިސާ ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސް ވުމުން, މަސްވެރިންގެ ދިރިއުޅުމުގެ ކަންކަމަށް ދަތިވަމުންދާތީ, ވީ އެންމެ އަވަހަކަށް ދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

ރޮޒައިނާ މިހެން ވިދާޅުވި އިރު, މަސްވެރިންގެ ފައިސާ ނުލިބި ލަސްވާތީ, އިއްޔެއިން ފެށިގެން ކޫއްޑޫގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ގަރާރު ހުށަހެޅުމަށް ފަހު ރޮޒައިނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ފައިސާ ނުލިބި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 އިން ފެށިގެން ކަމަށާއި, މިވަގުތާ ހަމައަށް މަސްވެރިންނަށް ދައްކަން 298 މިލިއަން ރުފިޔާ އެބަ އޮތް ކަމަށެވެ.

"މިހާރު މިއިވެނީ 25 ރުފިޔާގެ ރޭޓުން މަސް ކިލޯއެއް ވިއްކާ ނިމުމަށްފަހު ދެން ފައިސާ ދައްކާއިރުގައި އެއަށްވުރެ ދަށް އަގެއްގައި ފައިސާ ދޭނެ ކަމަށް އަޑުއިވެމުން މިދަނީ, މިއީ ވަރަށް ކަންބޮޑުވާ ކަމެއް." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރީގެ މުއާމަލާތެއްކޮށް ނިންމާ, މަސް ގަނެ, ހުރިހާ ކަމެއް ނިމުނު ފަހުން, އެ ދުވަހު ދައްކަން ޖެހޭ ފައިސާ ނުދައްކާ ތިބެފައި, ފަހުން އެއަށްވުރެ ކުޑަ އަގެއް ދިނުމަކީ ގާނޫނީ ގޮތުންވެސް ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރޮޒައިނާ ވިދާޅުވި ގޮތުގައި ދައުލަތުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ތިބެފައި, ކަރަންޓު ބިލު ފަދަ ބިލުތައް ނުދައްކައިގެން, އަސާސީ ހިދުމަތްތައް ކަނޑާލަން ނޯޓިސް ފޮނުވުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

މަސްވެރިންނަސް ފައިސާ ނުދެއްކެނީ ފައިސާ ނެތިގެން ކަމަށް ބުނާ ވާހަކައަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވީ, ސަރުކާރުގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު އިންތިހާއަށް އިތުރުވެގެންދާއިރު, އެ ބޭފުޅުންނަށް ވަޒީފާ ދެނީ ސަރުކާރުގައި ފައިސާ ނެތިތޯ ސުވާލު ކުރައްވާފަ އެވެ.

އިސް މަގާމުތަކަށް އެހާ ގިނަ މީހުން އައްޔަނުކުރަނީ ފައިސާ ހުންނާތީކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ފައިސާ ނުދެވިގެން އުޅެނީ މަސްވެރިން މުހިންމު ނުވީމާ އެވެ.