Advertisement

އޯއާރްއާރްއޭއޭގެ ބޯޑް ޑިރެކްޓަރަކަށް ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޝައުނާ

18 ފެބުރުވަރީ 2024 - 11:09 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކުރީގެ އެންވަޔަރަންމެންޓް މިނިސްޓަރު ޝައުނާ -- ފޮޓޯ: އަދަދު


އޯއާރްއާރްއޭއޭގެ ބޯޑް ޑިރެކްޓަރަކަށް ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޝައުނާ

18 ފެބުރުވަރީ 2024 - 11:09 0

އޯޝަން ރިސްކް އެންޑް ރިސިލިއެންސް އެކްޝަން އެލަޔެންސް (އޯއާރްއާރްއޭއޭ) ގެ ބޯޑުގެ ޑިރެކްޓަރުގެ މަގާމަށް ކުރީގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކޮށްފި އެވެ.

އޯއާރްއާރްއޭއޭއަކީ ކަނޑު ފަޅުގެ ރައްކާތެރިކަމާއި ގޮނޑުދޮށް ސަރަހައްދުގައި ދިރިއުޅޭ ކޮމިއުނިޓީތަކުގެ ތަރައްގީއަށް އިންވެސްޓްމެންޓް ހޯދުމަށް މަސައްކަތްކުރާ ބައިނައްލަގުވާމީ ޖަމިއްޔާއެކެވެ.

އެގޮތުން 2030 ގެ ނިޔަލަށް އެފަދަ ސަރަހައްދުތަކަށް 500 މިލިއަން ޑޮލަރު އިންވެސްޓުކުރުމަކީ އޯއާރްއާރްއޭއޭގެ މަގުސަދެވެ.

އެ ޖަމިއްޔާއިން ވަނީ ކުރީގެ މިނިސްޓަރު ޝައުނާއަށް މަރުހަބާ ކިޔައިފަ އެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި ތިމާވެށީގެ ދާއިރާއަށް ޝައުނާ ކުރެއްވި ހިދުމަތް އޯއާރްއާރްއޭއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

ޝައުނާ ވަނީ 2021 އިން 2023 އާއި ހަމައަށް ރާއްޖޭގެ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަގާމު އަދާކުރުމުގެ އިތުރުން، 2018 އިން 2021 އަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމު ވެސް އަދާކޮށްފަ އެވެ.