Advertisement

ސޯލިހުގެ އިންޒާރެއް: "ފެންނަން އޮތީ ފުން އަނދަވަޅެއް، ލޯމަރާލައިގެން ހުރެވޭކަށް ނެތް!"

17 ފެބުރުވަރީ 2024 - 20:10 3

ލީވާން އަލީ ނާސިރު

ލ

Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. -- ފޮޓޯ: އަދަދު


ސޯލިހުގެ އިންޒާރެއް: "ފެންނަން އޮތީ ފުން އަނދަވަޅެއް، ލޯމަރާލައިގެން ހުރެވޭކަށް ނެތް!"

17 ފެބުރުވަރީ 2024 - 20:10 3

Advertisement

Advertisement

"ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން" ކަމަށާއި "ވެރިކަން ކުރި މީހެއްގެ ހައިސިއްޔަތުން ލޯ މަރާލައިގެން ހުރެވޭކަށް ނެތް" ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރައްޔިތންގެ މަޖިލީހުގެ ހިންނަވަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ޖީހާން މަހުމޫދަށް ތާއިދު ހޯދަން މިރޭ ހިންނަވަރުގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ފެންނަން އޮތީ ފުން އަނދަވަޅެއް ކަމަށެވެ.

Advertisement

"އަޅުގަނޑުމެން އެކީގައި އެތައް މަސައްކަތެއް ނުކޮށްފި ނަމަ މި ރާއްޖޭ ވެއްޓޭނެ ފުން އަނދަވަޅު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ. އޭރުވެސް [ޕީޕީއެމް/ޕީއެންސީގެ ވެރިން] ހަދަމުން ދިޔައީ ދޮގު. މިއަދު ވެސް ހަދަމުން ދަނީ ދޮގު،" ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން 25 އަހަރު ކުރެއްވުމަށް ފަހު، ރާއްޖޭގެ ވެރިކަން ފަސް އަހަރު ކުރެއްވި ސޯލިހު ވިދާޅުވި އެވެ.

އެ ދޮގުތަކާއި އޮޅުވާލުމާއި އުފެއްދި ނަފުރަތުން ހަގީގީ މަންޒަރު ރައްޔިތުންނަށް އޭރު ސާފު ނުވިޔަސް، މިހާރު އެކަންކަން އޮޅުންފިލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ރާއްޖޭގެ އެކި ރަށްރަށުން، އެކި ކަންކޮޅުތަކުން އެކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނާ، ދެރަވެ ކަންބޮޑުވޭ. މި ކުރެވުނީ ކީއްކަން މިއަދު ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ، މާލޭގައި ދިރިއުޅޭ މީހުންނަށް އިހްސާސްވާން ފަށައިފި،" ސޯލިހު ވިދާޅުވި އެވެ.

Advertisement

އެ މަނިކުފާނުގެ ވެރިކަމުގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފެށި ކަމަށާއި ހާއްސަކޮށް ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް ދިނުމަށް ގިނަ މަޝްރޫއުތަކެއް ހިންގި ކަމަށް ސޯލިހު ވިދާޅުވި އެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ ސިއްހަތާއި ތައުލީމާއި ލަފާފުރުމާއި ދަތުރުފަތުރުގެ މަޝްރޫއުތައް ހިމެނެ އެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު އެ ހުރިހާ ކަމެއް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބަށް އުއްމީދު ބޮޑު

މާޗު 17 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާމެދު ވަރަށް އުއްމީދު ބޮޑު ކަމަށާއި އެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީން ހޯދާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"[މަޖިލީހުގެ އަގުލަބިއްޔަތު ނެގުމަށް ފަހު] އަޅުގަނޑުމެންގެ ފުރަތަމަ އަމާޒަކީ، މަސައްކަތް ކުރަމުން ގެންދާނީ މި ސަރުކާރު ހަމަ މަގަށް އެޅުވުމަށް. ދޮގު ނުހެދުމަށް ޑރ. މުއިއްޒަށް އަޅުގަނޑުމެން ދަންނަވާނަން. އޮޅުވާނުލުމަށް އަޅުގަނޑުމެން ދަންނަވާނަން،" ސޯލިހު ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑޭޓުން ނެރެފައިވަނީ އެމްޑީޕީންނެވެ. އެ ޕާޓީން، 90 ދާއިރާއަށް ވާދަކުރެ އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ދީމުގުރާތް

about 1 year ago

ބަލަ ރައީސް ސޯލިހުގެ ވެރިކަމުގައި ކޮނުނު އަނދަވަޅެއްނޫންތޯ އެއީ؟ އިގްތިސާދީ ގޮތުނުް ހޭވީ ބޮޑު ހަޑިއެއްނޫންތޯ؟ ކޮބައިތޯ މަނިކުފާނުގެ "ދުރު" ވިސްނުންފުޅު؟ އިންޑިއާ އެގްރީމަންޓްތައްކަމަށްވިޔަސް، ކޮވިޑުގެ "ފޯމިއުލާ" ކަމަށްވިޔަސް، ގައުމަށްވީ ދަންތުރައަކަށް

ައަލީ

about 1 year ago

ވަޅުގަނޑު ކޮނުނުމީހާއަށް އެކަމުގެމައުލޫމާތުއެގޭނީ

ޖީހާން

about 1 year ago

2028 ގައި އަލުން ވެރިކަމަށް ވަޑައިގަންނަވާތޯ ދުއާކުރަން.