Advertisement

ރަޝިއާއިން ކެންސަރަށް ވެކްސިން އުފެއްދުމާ ގާތްކޮށްފި: ޕުޓިން

15 ފެބުރުވަރީ 2024 - 12:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާއިން ކެންސަރަށް ވެކްސިން އުފެއްދުމާ ގާތް ކޮށްފައިވާ ކަމަށް އެ ގައުމުގެ ރައީސް ޕުޓިން ވިދާޅުވުން -- ފޮޓޯ: އޭޕީ


ރަޝިއާއިން ކެންސަރަށް ވެކްސިން އުފެއްދުމާ ގާތްކޮށްފި: ޕުޓިން

15 ފެބުރުވަރީ 2024 - 12:30 0

ރަޝިއާއިން ކެންސަރު ބައްޔަށް ވެކްސިން އުފެއްދުމާ ގާތަށް ޖެހިލާފައިވާ ކަމަށް އެ ގައުމުގެ ރައީސް ލެޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

މޮސްކޯ ފޯރަމް އޮން ފިއުޗާގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ރަޝިއާގެ ސައިންޓިސްޓުން ކެންސަރަށް ވެކްސިން ހެދުމާ ގާތްކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ވެކްސިން ލިބެން ހުންނާނެ ކަމަށެވެ.

ރަޝިއާއިން އުފައްދަ ކެންސަރު ވެކްސިން އިންޑިވިޖުއަލް ތެރަޕީތަކަށް ބޭނުން ކުރެވޭނެ ކަމަށް އުންމީދު ކުރައްވާކަން ޕުޓިން ފާހަގަ ކުރެއްވި ނަމަވެސް ވެކްސިން އުފައްދަނީ ކޮން ކަހަލަ ކެންސަރަކަށް އަމާޒުކޮށް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ކެންސަރަށް ވެކްސިން އުފެއްދުމަށް އެކި ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ޔޫކޭ އިން ވެސް ވަނީ ކެންސަރަށް ވެކްސިން އުފެއްދުމަށް ޖަރުމަނުގެ ބިއޮންޓެކްއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

ޔޫކޭއިން އަމާޒު ހިފާފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް 10،000 ކެންސަރު ޕޭޝަންޓުނަށް ވެކްސިން އުފެއްދުމަށެވެ.

ފާމަސޫޓިކަލް ކުންފުންޏެއް ކަމަށްވާ މާކް އެންޑް ކޯ އިން އަންނަނީ އެކްސްޕެރިމެންޓަލް ކެންސަރު ވެކްސިން އުފައްދަން މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ ވެކްސިންގެ ސަބަބުން ބަލިން ސްކިން ކެންސަރުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެ އެވެ.

އެކި ވައްތަރުގެ ކެންސަރުން ސަލާމަތް ކުރުމަށް މިހާރު ހަ ވައްތަރެއްގެ ވެކްސިންއަށް ލައިސަންސް ދީފައިވެ އެވެ. އޭގެ ތެރޭގައި އެޗްޕީވީ އާއި އެޗްބީވީ ވެކްސިން ހުރެ އެވެ.

ރަޝިއާ އިން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެ ގައުމުން އަމިއްލައަށް "ސްޕަޓްނިކް ވީ" ނަމުގައި ވެކްސިންއެއް އުފައްދާފަ އެވެ. ނަމަވެސް އެ ވެކްސިންގައި މައްސަލަ ހުރި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފަ އެވެ.