Advertisement

ރަޝިއާ ސަރުކާރާއި އަސްކަރިއްޔާ ބަދުނާމުކޮށްފި ނަމަ މުދާ ހިފެހެއްޓޭ ގާނޫނު ތަސްދީގު ކުރައްވައިފި

15 ފެބުރުވަރީ 2024 - 06:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން -- ފޮޓޯ: ރަޝިއަން ޕްރެޒިޑެންޝަލް ޕްރެސް އޮފީސް


ރަޝިއާ ސަރުކާރާއި އަސްކަރިއްޔާ ބަދުނާމުކޮށްފި ނަމަ މުދާ ހިފެހެއްޓޭ ގާނޫނު ތަސްދީގު ކުރައްވައިފި

15 ފެބުރުވަރީ 2024 - 06:24 0

ރަޝިއާ ސަރުކާރު ބަދުނާމުކޮށް، އަސްކަރިއްޔާއާ ބެހޭ ގޮތުން ގަސްދުގައި ދޮގު ފެތުރާކަން ސާބިތުވެއްޖެ ނަމަ އެފަދަ މީހެއްގެ މުދަލާއި ފައިސާ އަދި އަގުބޮޑު ތަކެތި ކަމާ ގުޅޭ އިދާރާތަކަށް ނެގުމުގެ ބާރު ދީފައިވާ ގާނޫނު ރައީސް ރައީސް ލެޑިމިއަ ޕުޓިން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ހަރުކަށި ހަރަކާތްތަކަށް ހިތްވަރު ދޭ ފަރާތްތަކާއި ސަލާމަތަށް ގެއްލުންވާ ފަދަ ކަންކަމަށް ގޮވާލާ ފަރާތްތަކުގެ މައްޗަށް ވެސް މި ގާނޫނު ހިނގާނެ އެވެ.

ރަޝިއާގައި މިފަދަ ގާނޫނެއް ފާސްކޮށް ތަސްދީގު ކޮށްފައި މިވަނީ އެ ގައުމުގައި ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށް، ސަރުކާރުގެ ބައެއް ނިންމުތަކާ ދެކޮޅަށް މުޒާހަރާ ވެސް ކުރާ ދަނޑިވަޅެއްގަ އެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ އެ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފާނެ ކަމުގެ ބިރު އޮތުމަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށެވެ.

ރަޝިއާގައި ސަރުކާރާއި އަސްކަރިއްޔާ އަށް ފާޑުކިޔާފައިވާ އެތައް ނޫސްވެރިންނާއި ބްލޮގަރުން ޖަލަށް ވަނީ ލައިފަ އެވެ.

ރަޝިއާގެ ރައީސްކަމުގައި 24 ވަނަ އަހަރު ގުނަމުން ގެންދަވާ ޕުޓިން، މި އަހަރު ބާއްވާ އިންތިހާބުގައި ވެސް ވާދަ ކުރައްވާއިރު، އޭނާއާ ދެކޮޅަށް ނިކުންނާނެ ވަރުގަދަ ކެންޑިޑޭޓެއް ނެތުމުން ކާމިޔާބު ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ރަޝިއާ ސަރުކާރު ބަދުނާމުކޮށް، އަސްކަރިއްޔާއާ ބެހޭ ގޮތުން ގަސްދުގައި ދޮގު ފެތުރާކަން ސާބިތުވެއްޖެ ނަމަ މުދަލާއި ފައިސާ އަދި އަގުބޮޑު ތަކެތި ހިފެހެއްޓޭ ގާނޫނަށް އަންނަ މަހު އަމަލުކުރަން ފަށާނެ އެވެ.