Advertisement

އުރީދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި

14 ފެބުރުވަރީ 2024 - 18:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާއަށް މެރަތަންއަށް ފުރުން -- ފޮޓޯ: އުރީދޫ


އުރީދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި

14 ފެބުރުވަރީ 2024 - 18:11 0

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބުނު ދެ ކަސްޓަމަރުން މެރަތަންގައި ދުވުމަށް މިއަދު ގަތަރަށް ފުރައި ފިއެވެ.

ފެބްރުއަރީ 16، ގައި ދޯހާގައި ކުރިއަށްދާ ދޯހާ މެރެތަންއަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު އަފީފް އަބްދުލް ސަމަދު އަދި މުހައްމަދު އަހުމަދުގެ އިތުރުން އުރީދޫ ސްޓަފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހުސައިން މާޒިން މުހައްމަދު އެވެ.

ވޯލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ހޯދައިފައިވާ ދޯހާ މެރެތަންގައި، މި އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ އެވެ.

ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލްއާ އެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައި ވާނެ އެވެ.

ހަ ރޭސް ކެޓަގަރީ އާއެކު ކުރިއަށްދާ ދޯހާ މެރެތަން ގައި ދުވާ ރޫޓު ހަމަޖައްސާފައިވަނީ ދުވުންތެރިންނަށް ހިތްގައިމު، ފަސޭހަ އަދި ރައްކާތެރި ކަމަށް ބަލައިގެންނެވެ.

ރޭސް ނިންމާ ހުރިހާ ދުވުންތެރިންގެ މެދުގައި ނެގޭ ލަކީޑްރޯއަކުން ހޮވޭ ދެ ފަރާތަކަށް ވޯކްސްވެގަން ކާރެއް ލިބިގެންދާނެއެވެ. އަދި އެތަނުން އެއްކާރު ހާއްސަ ކުރެވިފައިވަނީ "އަލް އަދާމް" ކެޓަގަރީގެ ބައިވެރިންނަށެވެ.