Advertisement

އިންޑޮނީޝިއާގެ އިންތިހާބުގައި ވޯޓުލާ ނިމި، ގުނަން ފަށައިފި

14 ފެބުރުވަރީ 2024 - 12:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑޮނީޝިއާގެ އިންތިހާބުގައި ވޯޓުލުން ފެށިގެން ކުރިޔަށްދަނީ -- ފޮޓޯ؛ އޭޕީ


އިންޑޮނީޝިއާގެ އިންތިހާބުގައި ވޯޓުލާ ނިމި، ގުނަން ފަށައިފި

14 ފެބުރުވަރީ 2024 - 12:00 0

އިންޑޮނީޝިއާގެ އައު ރައީސް އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓުލާ ނިމި، ވޯޓު ގުނަން ފަށައިފި އެވެ.

މިއަދު އިންޑޮނީޝިއާގައި ކުރިއަށްދިޔަ އިންތިހާބުގައި ރައީސްގެ އިތުރުން ނައިބުރައީސް އާއި ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ މެމްބަރުން އިންތިހާބުކުރަން ވޯޓު ދީފައިވެ އެވެ.

މި ފަހަރުގެ އިންތިހާބުގައި އިންޑޮނީޝިއާގެ މިހާރުގެ ރައީސް ޖޮކޯ ވިޑޯޑޯ (ޖޮކޯވީ) އޭނާގެ ދެވަނަ ދައުރު ފުރިހަމަ ކުރަމުން އަންނާތީ، ތިންވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް ނުލިބެ އެވެ.

އިންޑޮނީޝިއާގެ ގާނޫނު ބުނާ ގޮތުން ރައީސަކަށް ވެރިކަން ކުރެއްވޭނީ ދެ ދައުރެވެ. މިއީ 10 އަހަރު ފަހުން އެ ގައުމުގެ ރައީސް ބަދަލު ކުރަން އިންޑޮނޭޝިއާ ލިބުނު ފުރުސަތެކެވެ.

މި އިންތިހާބުގައި އިންޑޮނީޝިއާގެ އާބާދީގެ 270 އެއްހާ މީހުންގެ ތެރެއިން 204 މީހުން ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު، 17 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ވޯޓުލެވެ އެވެ. މީގެ އިތުރުން އިންތިހާބުގައި 575 މަޖިލިސް ގޮނޑިއަށް 18 ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

އިންޑޮނީޝިއާގައި 2019 ވަނަ އަހަރު އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 81 ޕަސަންޓް މީހުން ވަނީ ވޯޓުލާފަ އެވެ. މިގޮތުން މިފަހަރުގެ އިންތިހާބުގައި ވެސް ގިނަ ބަޔަކު ވޯޓުލާނެ ކަމަށް ބެލެވެ އެވެ.