Advertisement

އިންޑޮނީޝިއާ އިންތިހާބު: 10 އަހަރު ފަހުން ރައީސް ބަދަލު ކުރުމުގެ ފުރުސަތު މާދަމާ

13 ފެބުރުވަރީ 2024 - 12:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިނީޝިއާގެ އިންތިހާބު މާދަމާ ބާއްވާއިރު، އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ -- ފޮޓޯ: އޭޕީ


އިންޑޮނީޝިއާ އިންތިހާބު: 10 އަހަރު ފަހުން ރައީސް ބަދަލު ކުރުމުގެ ފުރުސަތު މާދަމާ

13 ފެބުރުވަރީ 2024 - 12:21 0

އިންޑޮނީޝިއާގައި މާދަމާގައި ބާއްވާ އިންތިހާބުގައި ވޯޓުލާން އެ ގައުމުގެ ރައްޔިތުން ވެއްޖެ އެވެ.

މާދަމާ އޮންނަ އިންތިހާބުގައި އިންޑޮނީޝިއާގެ ރައީސް އާއި ނައިބުރައީސްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ މެމްބަރުން އިންތިހާބުކޮށް ނިންމާނެ އެވެ.

އިންޑޮނީޝިއާގެ މިހާރުގެ ރައީސް ޖޮކޯ ވިޑޯޑޯ (ޖޮކޯވީ) އޭނާގެ ދެވަނަ ދައުރު ފުރިހަމަ ކުރަމުން އަންނައިރު، އެ ގައުމުގެ ގާނޫނު ބުނާގޮތުން އޭނާއަށް ތިން ވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

މިގޮތުން އިންޑޮނީޝިއާއަށް އާ ރައީސަކާއެކު އާ ލީޑާޝިޕެއް އިންތިހާބު ކުރުމުގެ ފުރުސަތު މިވަނީ 10 އަހަރު ފަހުން ލިބިފަ އެވެ.

މި އިންތިހާބުގައި އިންޑޮނީޝިއާގެ އާބާދީގެ 270 އެއްހާ މީހުންގެ ތެރެއިން 204 މީހުން ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައިވާއިރު، 17 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ވޯޓުލެވެ އެވެ. މީގެ އިތުރުން އިންތިހާބުގައި 575 މަޖިލިސް ގޮނޑިއަށް 18 ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި އިންޑޮނީޝިއާގެ މިލިޓަރީގައި ހިދުމަތް ކޮށްފައިވާ އަދި މިހާރުގެ ޑިފެންސް މިނިސްޓަރު ޕްރަވޮބޯ ސަބިއަންޓޯ ވާދަ ކުރާއިރު، އޭނާ ވަނީ މިދިޔަ ދެ އިންތިހާބުގައި ޖޮކޯވީ އަތުން ބަލިވެފަ އެވެ.

މީގެ އިތުރުން އިންތިހާބުގައި ވާދަކުރަން ޖޮކޯވީގެ ދަރިފުޅު އުމުރުން 36 އަހަރުގެ ގިބްރަން ރަކަބަމިންގް ޝައުގުވެރިވި ނަމަވެސް، އޭނާއަށް 40 އަހަރު ނުފުރޭތީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނެވެ.

އިންޑޮނީޝިއާގައި 2019 ވަނަ އަހަރު އެންމެ ފަހުން ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 81 ޕަސަންޓް މީހުން ވަނީ ވޯޓުލާފަ އެވެ. މިގޮތުން މިފަހަރުގެ އިންތިހާބުގައި ވެސް ގިނަ ބަޔަކު ވޯޓުލާނެ ކަމަށް ބެލެވެ އެވެ.