Advertisement

އިންޑޮނޭޝިއާގެ ކޯޗަކަށް ނެދަލެންޑްސްގެ ކްލައިވަޓް ހަމަޖައްސަައިފި

8 ޖަނަވަރީ 2025 - 19:11 0


އިންޑޮނޭޝިއާގެ ކޯޗަކަށް ނެދަލެންޑްސްގެ ކްލައިވަޓް ހަމަޖައްސަައިފި

8 ޖަނަވަރީ 2025 - 19:11 0

ޖަކާޓާ، އިންޑޮނޭޝިއާ (ޖެނުއަރީ 8) - އިންޑޮނޭޝިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ނެދަލެންޑްސްގެ ލެޖެންޑަރީ ފޯވާޑް ޕެޓްރިކް ކްލައިވަޓް ހަމަޖައްސައިފި އެވެ.

އިންޑޮނޭޝިއާގެ ކޯޗުގެ މަގާމުން ދެކުނު ކޮރެއާގެ ޝިން ޓައެ ޔޮން ވަކިކުރުމަށް ފަހު، ކްލައިވަޓް، 48، ހަމަޖެއްސީ އިންޑޮނޭޝިއާ އިން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދުގައި ކުރިއަށްދާ ޕްރޮޖެކްޓްގެ ތެރެއިންނެވެ.

އަޔަކްސް އާއި ބާސެލޯނާގެ ކުރީގެ ފޯވާޑް، ކްލައިވަޓް، އިންޑޮނޭޝިއާގެ ކޯޗުގެ މަގާމާ ހަވާލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުމުގައި ހިމަނާފައިވާ ގޮތުން، ބޭނުންވެއްޖެނަމަ، އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭނެ އެވެ.

އިންޑޮނޭޝިއާ އިން ވޯލްޑް ކަޕެއްގައި ކުޅުނީ، 1938 ގަ އެވެ. އޭރު އެ ޓީމަކީ ޑަޗް އީސްޓް އިންޑީސް އެވެ. ކްލައިވަޓްގެ ކޯޗުކަމުގައި އިންޑޮނޭޝިއާ އިން ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން މެޗުތަކުގައި ވާދަކުރަން ތައްޔާރުވާއިރު، ފުރަަތަމަ މެޗު އޮތީ މާޗް މަހު އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ފީފާ ރޭންކިންގައި މި ވަގުތު 127 ވަނައިގައި އޮތް އިންޑޮނޭޝިއާ އިން މި ވަގުތު އޮތީ ކޮލިފައިން ތާވަލުގެ ތިން ވަނައިގަ އެވެ.

މީގެ ކުރިން، ކިއުރްސާއޯގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި، ކްލައިވަޓް އެންމެ ފަހުން ކޯޗިން މަސައްކަތެއް ކުރީ 2023 ވަނަ އަހަރު އެވެ. އެއީ ފަސް މަސް ދުވަހު، ތުރުކީގެ އަޑާނާ ޑެމީރްސްޕޯގަ އެވެ. ކްލައިވަޓް ވަނީ ލުއީ ވެން ހާލް އާއި ކްލަރެންސް ސީޑޯފްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.