Advertisement

އިންޑޮނޭޝިއާގައި ފުޓުބޯޅަ މެޗެއް ކުޅެނިކޮށް ހޮނު އަޅައި ކުޅުންތެރިޔަކު މަރުވެއްޖެ

13 ފެބުރުވަރީ 2024 - 10:17 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިންޑޮނޭޝިއާގައި ފުޓުބޯޅަ މެޗެއް ކުޅެނިކޮށް ހޮނު އަޅައި ކުޅުންތެރިޔަކު މަރުވެއްޖެ

13 ފެބުރުވަރީ 2024 - 10:17 0

އިންޑޮނޭޝިއާގައި ފުޓުބޯޅަ މެޗެއް ކުޅެނިކޮށް ހޮނު އަޅައި ކުޅުންތެރިޔަކު މަރުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ވެސްޓް ޖާވާގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި މަރުވީ ސުބަންގްއަށް ނިސްބަތްވާ ސެޕްޓައިން ރަހަރްޖާ ނަމަކަށް ކިޔާ ކުޅުންތެރިޔެކެވެ.

އެ ހާދިސާއަށް ފަހު ވިންދު ހުރި ސެޕްޓައިން ރަހަރްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، މާގިނަ އިރުތަކެއް ނުވަނީސް އޭނާ ވަނީ މަރުވެފަ އެވެ.

ސެޕްޓައިން ގަޔަށް ހޮނު އެޅި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އިންޑޮނޭޝިއާޣެ މެޓް އޮފީހުން ބުނީ އޭނާ ގަޔަށް ހޮނު އަޅާފައި ވަނީ 300 މީޓަރު މަތިން ކަމަށެވެ.

އުމުރުން 35 އަހަރުގެ ސެޕްޓައިން ރަހަރްޖާގެ މަރާ ގުޅިގެން އިންޑޮނޭޝިއާގެ ފުޓުބޯޅަ އާއިލާއަށް ކުއްލި ސިހުމެއް ވަނީ ލިބިފަ އެވެ.

މިގޮތުން ހާދިސާއާ ގުޅިގެން އިންޑޮނޭޝިއާގެ ފުޓުބޯޅަ އާއިލާ އިން ވަނީ އޭނާގެ ހަނދާން އައު ކުރުމުގެ ގޮތުން މެޗުތައް ފެށުމުގެ ކުރިން ސުކޫތެއް ވެސް ގެނެސްފަ އެވެ.

މިދިޔަ އަހަރު ޖާވާގައި ކުޅުނު 13 އަހަރުން ދަށުގެ މެޗެއްގައި ވެސް ކުޅުންތެރިޔާ ގަޔަށް ހޮނު އެޅި އެވެ. ނަމަވެސް އެ ކުއްޖާ ވަނީ ސަލާމަތްވެފަ އެވެ.