Advertisement

ފިލިޕިންސްގައި ބިންގަނޑު ކަނޑައިގެން ގޮސް މަރުވި މީހުންގެ އަދަދު 68 އަށް އަރައިފި

13 ފެބުރުވަރީ 2024 - 08:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފިލިޕިންސްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 68 އަށް އެރުން -- ފޮޓޯ: ރޮއިޓާސް


ފިލިޕިންސްގައި ބިންގަނޑު ކަނޑައިގެން ގޮސް މަރުވި މީހުންގެ އަދަދު 68 އަށް އަރައިފި

13 ފެބުރުވަރީ 2024 - 08:04 0

ފިލިޕިންސްގައި ރަން ނެގުމުގެ މަސައްކަތް ކުރާ އަވަށެއްގެ ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާއެއްގައި މަރުވި މީހުންގެ އަދަދު 68 އަށް އަރައިފި އެވެ.

މިދިޔަ ހަފުތާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ އެ ހާދިސާގައި މިހާތަނަށް 51 މީހަކު ގެއްލިގެން ހޯދަމުން އަންނައިރު، 30 އަށް ވުރެ ގިނަ މީހުންނަށް ލިބުނު ޒަހަމްތަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފިލިޕިންސްގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ މަރުވި 68 މީހުންގެ ތެރޭގައި ހިމެނެނީ 42 އާންމު މީހުންގެ އިތުރުން ރަން ނަގާ މައިންގައި މަސައްކަތްކުރި 26 މީހުން ކަމަށެވެ.

މި ހާދިސާގައި ބައެއް މީހުން ސަލާމަތް ކުރެވުނުއިރު، އެންމެ ފަހުން ސަލާމަތް ކުރާ ތިން އަހަރުގެ ކުޑަކުއްޖެކެވެ. އެ ކުއްޖާ ޗަކަގަނޑުގެ އަޑިން ނެގީ ހާދިސާ ހިނގިތާ 60 ގަޑިއިރު ފަހުންނެވެ.

ފިލިޕިންސްގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ ހާދިސާ ހިނގިތާ ހަފްތާއެއް ވުމުން އިތުރު ބަޔަކު ސަލާމަތް ވާނެ ކަމުގެ އުންމީދު މިހާރު ވަރަށް ކުޑަ ކަމަށެވެ.

މީގެއިތުރުން ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދަށް ހޮނިހިރު ދުވަހު އައި 5.9 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން މީހުން ސަލާމަތް ކުރަން ކުރި މަސައްކަތަށް ވެސް ހުރަސް އެޅުނެވެ.

ފިލިޕިންސަކީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ގިނަ ގައުމަކަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ގައުމުގައި ހިނގާ މިކަހަލަ ގުދުރަތީ ކާރިސާތައް އަންނަނީ އިތުރުވަމުންނެވެ.