Advertisement

މީރާގެ ކުރީގެ ކޮމިޝަނަރު ފަތުހުﷲ ޖަމީލް އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރަނީ

9 ފެބުރުވަރީ 2024 - 20:27 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީރާގެ ކުރީގެ ކޮމިޝަނަރު، ފަތުހުﷲ ޖަމީލް؛ ފަތުހުﷲ ޖަމީލް އަކީ ޓެކުހާއި އޮޑިޓިންގެ އިތުރުން ރިސްކު މެނޭޖުމެންޓާއި އެކައުންޓިންގެ ދާއިރާގެ 17 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް --


މީރާގެ ކުރީގެ ކޮމިޝަނަރު ފަތުހުﷲ ޖަމީލް އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށި ދާއިރާއަށް ވާދަކުރަނީ

9 ފެބުރުވަރީ 2024 - 20:27 0

މީރާގެ ކޮމިޝަނަރު ކަމުން އިސްތިއުފާދެއްވި ފަތުހުﷲ ޖަމީލް އެމްޑީޕީގެ ޓިކެޓުގައި ތިމަރަފުށީ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައިފި އެވެ.

މީރާގެ ކޮމިޝަނަރު ކަމުން ފަތުހުﷲ އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާގަ އެވެ. ތިމަރަފުށީ ދާއިރާއަކީ މީގެ ކުރިން އެމްޑީޕީގެ ކެންޑިޑޭޓަކު ނެތް ދާއިރާ އެކެވެ. ފަތުހުﷲ އަކީ މާލެއަށް އުފަންވި ނަމަވެސް ތިމަރަފުށީ ބޭފުޅެކެވެ.

މުޅިން އަލަށް ސިޔާސީ މަސައްކަތަށް ނުކުމެވަޑައިގަންނަވާ ފަތުހުﷲ ޖަމީލް އަކީ ޓެކުހާއި އޮޑިޓިންގެ އިތުރުން ރިސްކު މެނޭޖުމެންޓާއި އެކައުންޓިންގެ ދާއިރާގެ 17 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ފަތުހުﷲ އެންމެ ފުރަތަމަ މަސައްކަތް ކުރައްވަން ފެށްޓެވީ ޑިޕާޓުމެންޓު އޮފް އިންލެންޑު ރެވެނިއު (ޑީއައިއާރު) ގައި ޓްރެއިނީއެއްގެ ގޮތުގައި 2003 ވަނަ އަހަރު އެވެ.

ޓްރެއިނީއެއްގެ މަގާމުން ކުރި ހޯއްދަވަމުން ގޮސް 2010 ވަނަ އަހަރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމާއެކު އެތަނުގެ ރެވެނިއު ސާވިސްގެ ޑިރެކްޓާ ޖެނެރެލްގެ މަގާމު ފުރުއްވަން ފަތުހުﷲ ފެށްޓެވި އެވެ. އެއަށްފަހު މީރާގެ އޮޑިޓް އެންޑު އިންވެސްޓިގޭޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.

ރާއްޖެއަށް ޓެކްސްގެ ނިޒާމު ތައާރަފު ކުރުމަށް އެކުލަވައިލި ޓީމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރެއްވި ފަތުހުﷲ ވަނީ ޓެކުހާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމާއި މައުލޫމާތު ދިނުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އެކައުންޓިން ދާއިރާއިން އެސޯސިއޭޝަން އޮފް ޗާޓާޑް ސާޓިފައިޑް އެކައުންޓެންޓްސް ހާސިލު ކުރައްވާފައިވާ ފަތުހުﷲ އެންމެފަހުން ހުންނެވީ މީރާގެ ކޮމިޝަނަރުގެ މަގާމުގަ އެވެ. އެ މަގާމަށް މީހަކު އައްޔަން ކުރުމަށް ރައީސް އޮފީހުން ވަނީ އިއްޔެ އިއުލާނު ކޮށްފަ އެވެ.