Advertisement

ޗައިނާއިން ހައްޔަރުކުރި އޮސްޓްރޭލިއާގެ ލިޔުންތެރިޔާގެ މައްޗަށް ޖަލު ހުކުމެއް

5 ފެބުރުވަރީ 2024 - 15:25 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޗައިނާއިން ހައްޔަރުކުރި އޮސްޓްރޭލިއާގެ ލިޔުންތެރިޔާގެ މައްޗަށް ޖަލު ހުކުމެއް

5 ފެބުރުވަރީ 2024 - 15:25 0

ޖާސޫސްކުރި ކުރާ ކަމުގެ ތުހުމަތުގައި ޗައިނާއިން ހައްޔަރުކުރި އޮސްޓްރޭލިއާގެ ލިޔުންތެރިޔާ ޑރ.ޔެންގް ހެންގްޖުން ޖަލަށް ލުމަށް މިއަދު ހުކުމް ކޮށްފި އެވެ.

ޗައިނާއިން 2019 ވަނަ އަހަރު ހައްޔަރުކުރި ޑރ. ޔެންގްއަށް މިއަދު އިއްވާފައި ވަނީ "ސަސްޕެންޑެޑް ޑެތު ސެންޓެންސް" އެކެވެ. މި ހުކުމާއެކު ދެ އަހަރު ތެރޭގައި ބޮޑު ކުށެއް ކޮށްފި ނަމަ މަރުގެ ހުކުމް އިއްވުން ނުވަތަ އުމުރަށް ޖަލަށް ލުމުގެ ބާރު ލިބިގެންވެ އެވެ.

ޑރ.ޔެންގްއަށް ކުރި މި ހުކުމާ ގުޅިގެން އޮސްޓްރޭލިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އޮސްޓްރޭލިއާގައި ހުންނަވާ ޗައިނާގެ ސަފީރުވެސް ވަނީ އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރު ކުރައްވާފަ އެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގް ވިދާޅުވީ، ޑރ.ޔެންގެ މައްޗަށް ކޮށްފައިވާ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރުމުގެ ބިރު އެބަ އޮތް ކަމަށާއި، އޮސްޓްރޭލިއާ ސަރުކާރުން ތިބޭނީ ޑރ.ޔެންގް އާއި އޭނާގެ އާއިލާއާ އެކު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޑރ.ޔެންގްއަށް ޖާސޫސްކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް، ޗައިނާއާ ސަރުކާރަށް ފާޑު ކިޔުމުންނެވެ. އަދި އޭނާއަށް އިއްވި ހުކުމަކީ ފްރޭމްކޮށްގެން ކުރި ހުކުމެއް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގެ ނިއުޔޯކުން ޗައިނާގެ ގުއާންޒޯއަށް 2019 ވަނަ އަހަރު އާއިލާއާއެކު ދަތުރުކުރި ޑރ.ޔެންގް އެއާޕޯޓުން ހައްޔަރުކޮށް އޭނާގެ މައްޗަށް ޖާސޫސް ކުރާ މީހެއްގެ ތުހުމަތުކުރާއިރު، އޭނާ އެ ތުހުމަތުތައް ދޮގުކުރެ އެވެ. އަދި އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.