Advertisement

އެމްޑީޕީގެ މަޖިލިސް ޓިކެޓު އަލީ ވަހީދާއި ޒިފްލީނަށް

3 ފެބުރުވަރީ 2024 - 20:30 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ޖެންޑާ މިނިސްޓަރު، ޒިފްލީން ހަސަން (ކ) އަލީ ވަހީދު (ވ)


އެމްޑީޕީގެ މަޖިލިސް ޓިކެޓު އަލީ ވަހީދާއި ޒިފްލީނަށް

3 ފެބުރުވަރީ 2024 - 20:30 2

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، އަލީ ވަހީދާއި މިދިޔަ ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޒިފްލީން ހަސަން އެ ޕާޓީގެ މަޖިލިސް ޓިކެޓު ކަށަވަރު ކުރައްވައިފި އެވެ.

މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް މިހާރު އިއުލާނުކޮށްފައިވާއިރު، ހދ. ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވި އަލީ ވަހީދުއަށް ވަނީ އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރުވެފަ އެވެ.

އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަލީ ވަހީދަށް ވަނީ 245 ވޯޓު ލިބިވަޑައިގެންފަ އެވެ. އެ ދާއިރާގެ ޓިކެޓު ހޯދުމަށް އަލީ ވަހީދުއާ ދެން ވާދަކުރެއްވީ އިބްރާހިމް ރަމީޒު އާއި އަހުމަދު އާތިފް އެވެ.

މިއަދުގެ އިންތިހާބުގައި ޒިފްލީން ވާދަ ކުރެއްވީ ގދ. ތިނަދޫ ދެކުނު ދާއިރާގެ ޓިކެޓަށެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓު އޭނާ ކަށަވަރު ކުރެއްވީ 56.82 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެ ދާއިރާއަށް ދެން ވާދަ ކުރެއްވި އަބްދުލް އަޒީޒް ރިފާއުއަށް ލިބިވަޑައިގެންނެވީ 152 ވޯޓެވެ.

އަލީ ވަހީދު ވަނީ 2014 ގެ މަޖިލިސް އިންތިހާބުގައި ތޮއްޑޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާފަ އެވެ. ނަމަވެސް, ގޮނޑި ކާމިޔާބެއް ނުކުރެއްވެ އެވެ.

މިއަދުގެ އިންތިހާބުގައި ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ބައެއް މޫނުތަކަށް އެމްޑީޕީގެ މަޖިލިސް ޓިކެޓު މުޅިން އަލަށް ކަށަވަރުވެގެންދިޔަ އެވެ. އޭގެތެރޭގައި އާރުޑީސީގެ ކުރީގެ އެމްޑީ، މޫސާ އަލިމަނިކުއާއި ކުރީގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފުގެ އަނބިކަނބަލުން، ނަޒްރާ ނަޒީމްގެ އިތުރުން މިފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި މާޒް ސަލީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.